Advertisement

ސްޕޭސްއެކްސްގެ ސްޓާލިންކް އިންޓަނެޓް ހިދުމަތް ރާއްޖެއިން ބްލޮކް ނުކުރާނެ

27 މޭ 2021 - 14:49 0

އަމަން ހަލީމް

އަމަން ހަލީމް

ކޮމިއުުނިކޭޝަންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިޝަތު ޝައުނާ: އީޖާދީ ހައްލުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ދަންނަވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ސްޕޭސްއެކްސްގެ ސްޓާލިންކް އިންޓަނެޓް ހިދުމަތް ރާއްޖެއިން ބްލޮކް ނުކުރާނެ

27 މޭ 2021 - 14:49 0

މަހުޖަނު އިލޮން މަސްކުގެ ސްޕޭކްސްއެކްސް ކުންފުނީގެ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ހިދުމަތް ބްލޮކް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ޓެކްނޮލޮޖީ މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ ސްޓާލިންކް ރާއްޖޭގައި ބްލޮކް ކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވޭތާ ދުވަސްތަކެއް ފަހުންނެވެ.

މި ވާހަކަތައް ދޮގުކުރައްވާ ޝައުނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްޓާލިންކް ހިދުމަތް މި ސަރަހައްދުން ލިބެން ފަށާ ދުވަހަކުން، އެ ހިދުމަތް ރާއްޖޭގައި ބްލޮކް ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. އަދި ވިދާޅުވީ ގިނަ ދުވަސްވެފައި ހުރި މައްސަލަތައް ހައްލުކުރަން އީޖާދީ ހައްލުތަކަށް މަރުހަބާ ދަންނަވާ ކަަމަށެވެ.

ސްޓާލިންކް ހިދުމަތާ ގުޅޭގޮތުން ޓެކްނޮލޮޖީ މިނިސްޓަރު ޝައުނާ ކުރެއްވި ޓްވީޓް


ސްޓާލިންކް ހިދުމަތް ރާއްޖޭގައި ބްލޮކް ކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރުނީ ރާއްޖޭގައި ފޯރުކޮށްދޭ ހިދުމަތުގެ އަގު ހެޔޮކޮށްދޭން ސަރުކާރު ނުކުޅެދިފައި އޮތް ކަމުގެ ފާޑުކިޔުންތަކާ އެކުގަ އެވެ.

ސްޓާލިންކާ ގުޅިގެން ދެކެވޭ ވާހަކަތަކަށް މިނިސްޓަރު ޝައުނާ ރައްދު ދެއްވީ، ސަރުކާރުގެ އިންޓަނެޓް ސިޔާސަތަށް ގެނައި ބަދަލާއި ގުޅިގެން އިންޓަނެޓުގެ ހެޔޮ އަގުތައް އިއުލާންކުރި ދުވަހު އެވެ. އިންޓަނެޓުގެ އަގުތަކަށް ބަދަލު އަންނަނީ ޖުލައި 1 އިން ފެށިގެންނެވެ.

ސްޕޭކްސްއެކްސް ކުންފުނިން ތަރައްގީކުރާ ސްޓާލިންކް ހިދުމަތަކީ ޖައްވަށް ބައިވަރު ކުދި ސެޓެލައިޓްތަކެއް ފޮނުވައިގެން މުޅި ދުނިޔެއަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިގެން އުޅޭ ޕްރޮޖެކްޓެކެވެ. ޕްލޭނިން އަދި ޑިޒައިން މަރުހަލާގައި ދަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ މި ޕްރޮޖެކްޓަށް 10 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އެ ކުންފުނިން އަންދާޒާ ކުރެ އެވެ.

ސްޓާލިންކް ހިދުމަތަށް މިހާރު ޕްރީއޯޑަރަށް ހުޅުވާލާފައިވާ އިރު، މި މެއި މަހުގެ ތެރޭގައި ހިދުމަތަށް އެދުނު ކަސްްޓަމަރުންގެ އަދަދު 500،000 އަށް އަރާކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ހިދުމަތަށް ދިވެހިންގެ ތެރެއިން ވެސް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.