Advertisement

ކޮވިޑް ވެކްސިނުގެ އެއް ޑޯޒް ޖެހިޔަސް ދެކުނު ކޮރެއާގައި މާސްކު އަޅާކަށް ނުޖެހޭ

ދެކުނު ކޮރެއާގެ ވެރިރަށް ސޯލް.-- ފޮޓޯ: ރޮއިޓާޒް


ކޮވިޑް ވެކްސިނުގެ އެއް ޑޯޒް ޖެހިޔަސް ދެކުނު ކޮރެއާގައި މާސްކު އަޅާކަށް ނުޖެހޭ

ކޮވިޑް ވެކްސިންގެ އެއް ޑޯޒް ޖަހާފައިވާ މީހުން ބޭރަށް ނުކުމެ އުޅޭ އިރު މާސްކު އަޅަން މަޖުބޫރު ނުވާނެ ކަމަށް ދެކުނު ކޮރެއާއިން ނިންމައިފި އެވެ.

އެގޮތަށް ނިންމީ އުމުރުން ދުވަސްވީ މީހުން ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުންނެވެ. ދެކުނު ކޮރެއާގެ އަމާޒަކީ ސެޕްޓެމްބަރުގެ ކުރިން 52 މިލިއަން މީހުންގެ ތެރެއިން 70 ޕަސެންޓަށް ވެކްސިން ދިނުމެވެ. މި ވަގުތު ވެކްސިން ޖަހާފައިވަނީ އެންމެ 7.7. ޕަސެންޓެވެ.

ބޮޑު ވަޒީރު ކިމް ބޫ ކިޔުމް ވިދާޅުވީ އެއް ޑޯޒް ޖަހާފައިވާ މީހުންނަށް މާސްކު ނާޅާ ބޭރަށް ދެވޭނެ ކަމަށާއި ބޮޑެތި އެއްވުންތަކުގައި ވެސް ބައިވެރިވެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އާބާދީގެ 70 ޕަސެންޓު އެއް ޑޯޒް ޖެހުމުން ކަރަންޓީނު ލުއި ކުރާނެ ކަމަށެވެ. އުމުރުން 60 އަހަރާއި 74 އަހަރާ ދެމެދު 60 ޕަސެންޓު މީހުން ވަނީ ވެކްސިނަށް ރަޖިސްޓްރީވެފަ އެވެ.

ފްރަންޓްލައިން މަސައްކަތްތެރިންނަށް ފަހު އެ އުމުރުގެ މީހުންނަށް މިއަދު ކޮރެއާގައި ވެކްސިން ދޭން ފަށާނެ އެވެ. ވެކްސިން ދޭނީ 12،000 އަށް ވުރެ ގިނަ ކްލިނިކް މެދުވެރިކޮށެވެ.

މިދިޔަ އަންގާރަ ދުވަހު 707 ކޮވިޑް ކޭސް ކޮރެއާއިން ފެނިފައި ވާއިރު ޖުމްލަ އަދަދު ވަނީ 137،682 އަށް އަރާފަ އެވެ. އެ ގައުމުން މި ބަލީގައި 1،940 މީހުން މަރުވެފައި ވެ އެވެ.