Advertisement

ގާޒީ އާދަމް އާރިފްގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި

26 މޭ 2021 - 15:40 0

ގާޒީ އާދަމް އާރިފް: ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ވަނީ ނިންމާފައި


ގާޒީ އާދަމް އާރިފްގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި

26 މޭ 2021 - 15:40 0

ޑްރަގު ކޯޓުގެ ގާޒީ އާދަމް އާރިފްގެ ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ޖޭއެސްސީން މިގޮތަށް ނިންމާފައިވަނީ މައްސަލަ ތަހުގީގުކުރުމަށްފަހު މި މަހުގެ 16 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގަ އެވެ.

ސާބިތުނުވާ ކަމަށް ކޮމިޝަނުން ކަނޑައެޅި މައްސަލާގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

މިއީ، ގާޒީ އާދަމް އާރިފްގެ ސުލޫކީ މައްސަލައެއް ސާބިތުނުވާ ކަމަށް ނިންމި ދެވަނަ ފަހަރެވެ. މިދިޔަ އަހަރު ފަހުކޮޅު ވެސް އޭނާއާ ގުޅޭ މައްސަލައެއް ސާބިތުނުވާ ކަމަށް ނިންމި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ވަކީލެއްގެ ގޮތުގައި ހުންނަވަނިކޮށް ގާޒީ އާދަމް އާރިފް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ ކުރިމިނަލް ކޯޓަށެވެ. ނަމަވެސް، އެ ކޯޓުން ޑްރަގު ކޯޓަށް ބަދަލުކުރި އެވެ.

ޑްރަގު ކޯޓަށް އާރިފް ބަދަލުކުރީ 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު އެކެއް ފެބުރުއަރީ އަމުރަށްފަހު ކުރިމިނަލް ކޯޓަށް ބޮޑެތި ގިނަ މައްސަލަތަކެއް ހުށަހަޅާފައި އޮތް ދަނޑިވަޅެއްގައި ޖޭއެސްސީންނެވެ.