Advertisement

މަސް ނިމުމުން ދެކުނު އޭޝިއާ ޓޫރިސްޓުންނަށް އަލުން ހުޅުވާލަން ވިސްނަނީ

17 މޭ 2021 - 12:43 0

އަމަން ހަލީމް

އަމަން ހަލީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް: ބޯޑަރު އަލުން ހުޅުވާލި ފަހުން ދެކުނު އޭޝިއާއިން ގިނަ ފަތުރުވެރިން ރާއްޖެ އާދޭ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


މަސް ނިމުމުން ދެކުނު އޭޝިއާ ޓޫރިސްޓުންނަށް އަލުން ހުޅުވާލަން ވިސްނަނީ

17 މޭ 2021 - 12:43 0

ދެކުނު އޭޝިއާ ގައުމުތަކުން ރާއްޖެއަށް ޓޫރިސްޓުން އައުން މަނާކޮށްފަައި އޮތް އޮތުން މަސް ނިމުމުގެ ކުރިން މުރާޖާ ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އަވައްޓެރި ގައުމުތަކުގައި ނުރައްކާތެރި މިންވަރަކަށް ކޮވިޑް ފެތުރޭތީ އެ ގައުމުތަކުގެ ޓޫރިސްޓުންނަށް ރާއްޖެ އައުން ވަގުތީ ގޮތުން މަނާކުރެވުނީ މީގެ ފަސް ދުވަސް ކުރިންނެވެ. އޭގެ ކުރިން އެ ގައުމުތަކުން ވާކް ޕާމިޓް ހޯލްޑަރުން އައުމާއި ރާއްޖޭގެ ރަށްރަށަށް ޓޫރިސްޓުންގެ ގޮތުގައި އައުން އޮތީ މަނާކޮށްފަ އެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ކޮވިޑުގެ ހާލަތަށް ރިއާޔަތްކޮށް، ދެކުނު އޭޝިއާ ގައުމުތަކުން އެ ގައުމުތަކަށް ދަތުރުކުރުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ހިނގާ މޭ މަހުގެ ނިޔަލަށް، ދެކުނު އޭޝިއާ ފަތުރުވެރިންނާ ގުޅޭ ނިންމުން މުރާޖާ ކުރާނެ ކަމަށެވެ. އަދި ޖޫން މަހުގެ ކުރީކޮޅު މިހާރު އަޅާފައިވާ ވަގުތީ ފިޔަވަޅުތައް އުވާލެވޭނެ ކަމުގެ އުއްމީދު ކުރާ ކަމަށެވެ.

ދެކުނު އޭޝިއާ ޓޫރިސްޓުންނަށް އަލުން ރާއްޖެ އަންނަން ހުއްދަ ދިނުމުގެ ވިސްނުން ސަރުކާރުން ގެންގުޅުނު ނަމަވެސް، އަދިވެސް މި ސަރަހައްދުގެ ގައުމުތަކުގެ ކޮވިޑް ހާލަތު ރަނގަޅެއް ނުވެ އެވެ. މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ހާލަތު ގޯސްކޮށް އުޅެނީ އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝްގަ އެވެ.

އެ ގައުމުތަކުން އަންނަ ރިޕޯޓުތަކަށް ބަލާއިރު ބޯޑާ ކޮންޓްރޯލްތަކާއި ގުޅިގެން ބަންގްލަދޭޝް އަދި ނޭޕާލް ފަދަ ގައުމުތަކުގައި ބަލި ފެތުރޭ ރޭޓު މަޑުޖެހިލާފައިވީ ނަމަވެސް، އަދިވެސް ޓްރާންމިޝަން ރޭޓު އުޅެނީ ވަރަށް މަތީގަ އެވެ. އިންޑިއާގެ ހާލަތު ވެސް މޭ މަހުގެ ކުރީކޮޅުގެ ރެކޯޑް އަދަދުތަކާ ބަލާ ނަމްބަރުތައް ތިރިވީ ނަމަވެސް، އަދިވެސް ގިނަ އަދަދެއްގެ ޕޮޒިޓިވް ކޭސްތައް އެ ގައުމުން ރިޕޯޓުކުރެ އެވެ.