Advertisement

ކޮވިޑުގެ ހާލަތަށް ރިއާޔަތްކޮށް ރިސޯޓުތަކުގެ އެކުއިޒިޝަން ކޮސްޓް ކުޑަކޮށްފި

22 މޭ 2021 - 12:03 1

އަމަން ހަލީމް

އަމަން ހަލީމް

ގދ. ކަޑަވާރެހާއާ އަދި ދިގުރެހޭ: މި ދެ ރަށުގައި ރިސޯޓު ތަރައްގީކުރެވެނީ އެއް އިންވެސްޓްމަންޓެއް ގޮތަށް -- ފޮޓޯ: ގޫގްލް އާތް


ކޮވިޑުގެ ހާލަތަށް ރިއާޔަތްކޮށް ރިސޯޓުތަކުގެ އެކުއިޒިޝަން ކޮސްޓް ކުޑަކޮށްފި

22 މޭ 2021 - 12:03 1

ކޮވިޑުގެ ހާލަތުގެ ސަބަބުން ދުނިޔޭގެ އިގުތިސޯދު އޮތް ހާލަތަށް ރިއާޔަތްކޮށް ރާއްޖޭގައި ރިސޯޓު ތަރައްގީކުރަން ހުޅުވާލި 16 ތަނެއްގެ އެކުއިޒިޝަން ކޮސްޓް ކުޑަކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

ޓޫރިޒަމްގެ ބޭނުންތަކަށް ރަށްތައް ދޫކުރުމުގެ ދެވަނަ މަރުހަލާގެ ތެރެއިން 23 ރަށެއް ދޫކުރަން ސަރުކާރުން ވަނީ ބީލަމަށް ހުޅުވާލާފަ އެވެ. މީގެ ތެރެއިން ކައިރިކައިރީގައި ހުރި ބައެއް ރަށްތައް ދޫކުރަނީ އެކުއެކީގައި ތަރައްގީކުރަން ޖެހޭ ގޮތަށެވެ.

ރިސޯޓް ތަރައްގީކުރަން ދޫކުރި ރަށްތަކުގެ އެކުއިޒިޝަން ކޮސްޓް ކުޑަކުރަން ނިންމާ ކުރި އިއުލާނުގައި ޓޫރިޒަމް މިނިސްޓްރީން ބުނީ، މި ވަގުތުގެ އިންވެސްޓްމަންޓް ހާލަތަށް ރިއާޔަތްކޮށް ރަށްތަކަށް ހުށަހެޅޭނެ އެންމެ ކުޑަ އެކުއިޒިޝަން ކޮސްޓް އިސްލާހުކުރީ ކަަމަށެވެ.

ރިސޯޓުތަކުގެ އެކުއިޒިޝަން ކޮސްޓަށް އައި ބަދަލުތައް

  • ހއ. ވެލިފިނޮޅު - އެކުއިޒިޝަން ކޮސްޓު 600،000 ޑޮލަރުން 420،000 ޑޮލަރަށް
  • ހއ. އަލިދުއްފަރުފިނޮޅު - އެކުއުޒިޝަން ކޮސްޓު 500،000 ޑޮލަރުން 350،000 ޑޮލަރަށް
  • ހދ. ކުޑަފަރުފަސްގަނޑު - އެކުއުޒިޝަން ކޮސްޓު 300،000 ޑޮލަރުން 210،000 ޑޮލަރަށް
  • މ. ސީދީހުރާ، ސީދީހުރާ ވެލިގަނޑާ އެކު - އެކުއިޒިޝަން ކޮސްޓު 1.25 މިލިއަން ޑޮލަރުން 875،000 ޑޮލަރަށް
  • މ. މާފުށި - އެކުއިޒިޝަން ކޮސްޓު 2.25 މިލިއަން ޑޮލަރުން 1،575،000 ޑޮލަރަށް
  • ތ. ކާއްޑޫ - އެކުއިޒިޝަން ކޮސްޓު އެއް މިލިއަން ޑޮލަރުން 700،000 ޑޮލަރަށް
  • ތ. ކަނިމީދޫ - އެކުއިޒިޝަން ކޮސްޓު 1،500،000 މިލިއަން ޑޮލަރުން 1،050،000 މިލިއަން ޑޮލަރަށް
  • ތ. އޮޅުފުއްޓާ، އޮޅުފުށިފިނޮޅު - އެކުއިޒިޝަން ކޮސްޓު އެއް މިލިއަން ޑޮލަރުން 700،000 ޑޮލަރަށް
  • ލ. ކަށިދޫ - އެކުއިޒިޝަން ކޮސްޓު އެއް މިލިއަން ޑޮލަރުން 700،000 ޑޮލަރަށް
  • ލ. ބޮޑުމުންޏަފުށި - އެކުއިޒިޝަން ކޮސްޓު އެއް މިލިއަން ޑޮލަރުން 700،000 ޑޮލަރަށް
  • ލ. ދޮންބެހެރާއާ ހޮޅުރަހާ - އެކުއިޒިޝަން ކޮސްޓު 750،000 ޑޮލަރުން 525،000 ޑޮލަރަށް
  • ގއ. މާރެހާ - އެކުއިޒިޝަން ކޮސްޓު ދެ މިލިއަން ޑޮލަރުން 1.4 މިލިއަން ޑޮލަރަށް
  • ގއ. ފުނަދޫވިލިގިއްލާ - އެކުއިޒިޝަން ކޮސްޓު އެއް މިލިއަން ޑޮލަރުން 700،000 ޑޮލަރަށް
  • ގދ. ކަނޑަހަލާގަލާ - އެކުއިޒިޝަން ކޮސްޓު 1.25 މިލިއަން ޑޮލަރުން 875،000 ޑޮލަރަށް
  • ގދ. ކަޑަވާރެހާއާ ދިގުރެހާ - އެކުއިޒިޝަން ކޮސްޓު އެއް މިލިއަން ޑޮލަރުން 700،000 ޑޮލަރަށް
  • ގދ. ފެރޭތަ ވިލިގިއްލާ, ދެކާނބާ، ކޮޑެރަޓާ އަދި އިތުރު ރަށެއް - އެކުއިޒިޝަން ކޮސްޓު އެއް މިލިއަން ޑޮލަރުން 700،000 ޑޮލަރަށް

ލަފާކުރި އާމްދަނީ 82 މިލިއަން ރުފިޔާ ދަށަށް

ޓޫރިޒަމް މިނިސްޓްރީން އަގަށް ގެނައި ބަދަލުތަކުގެ ސަބަބުން ދައުލަތަށް ކުރިން ލިބޭނެކަމަށް އަންދާޒާކުރި ވަރަށް ވުރެ ރިސޯޓު ވިއްކައިގެން ލިބޭ އާމްދަނީ ކުޑަވާނެ އެވެ.

ކުރިން ކަނޑައަޅާފައި ހުރި ރޭޓުތަކުގައި ރިސޯޓުތައް ވިއްކިނަމަ ދައުލަތަށް ލީސް އެކުއިޒިޝަން ކޮސްޓް އާމްދަނީން 17.4 މިލިއަން ޑޮލަރު (268 މިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބޭނެ އެވެ.

މިހާރު ހުރި އަގުތަކުން އާމްދަނީއަށް ލިބޭނީ 12.08 މިލިއަން ޑޮލަރެވެ. މިއީ ކުރިން ލަފާކުރި އަދަދަށް ވުރެ 82 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

ރާއްޖޭގައި ރިސޯޓު ތަރައްގީކުރަން ހުޅުވާލި ފުރުސަތުތަކަށް އުއްމީދު ކުރި ވަރުގެ ތަރުހީބެއް ނުލިބެ އެވެ. އެންމެ ފަހުން ހުޅުވާލި 16 އިންވެސްޓްމަންޓަށް ޝައުގުވެރިކަން ފާޅުކުރީ 98 ފަރާތަކުންނެވެ. މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވީ އޭގެ ތެރެއިން 48 ފަރާތަކުންނެވެ.

މި ރިސޯޓްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑު ފޮތް ދޫކުރުމުގެ މަރުހަލާ ވަނީ ފަށާފަ އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ބިޑު ފޮތްތައް ދޫކުރާނެ ކަމަށެވެ. ރާއްޖޭގެ ކޮވިޑުގެ ހާލަތުގެ ހުރި ގޮތުން ބިޑު ފޮތްތައް ދޫކުރަނީ އޮންލައިންކޮށް އީމެއިލްގެ ޒަރިއްޔާއިންނެވެ.