Advertisement

އެވަރެޖް އެރައިވަލްސް ދަށަށް, އެކަމަކު ބައި ލައްކަ ފަތުރުވެރިން އަންނާނެ

22 މޭ 2021 - 21:20 0

އަމަން ހަލީމް

އަމަން ހަލީމް

އެއާޕޯޓު ޓާމިނަލުން ފަތުރުވެރިންތަކެއް ނިކުންނަނީ: ކުރިން އުއްމީދު ކުރީ ރެކޯޑް ލޯ ސީޒަނަކަށް ވާނެ ކަމަށް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


އެވަރެޖް އެރައިވަލްސް ދަށަށް, އެކަމަކު ބައި ލައްކަ ފަތުރުވެރިން އަންނާނެ

22 މޭ 2021 - 21:20 0

އުއްމީދު ކުރި ގޮތާ ހިލާފަށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު މަދުވެ، އެވަރެޖްކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 2،296 އަށް ވެއްޓިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ހިސާބުތައް ދައްކާ ގޮތުން، މި ހިނގާ މޭ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 437,995 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. މީގެ ތެރެއިން މި މަހު ޒިޔާރަތް ކުރި މީހުންގެ އަދަދަކީ 48،225 އެވެ.

ކޮވިޑުގެ ހާލަތު ގޯސްވުމާއި، މުހިއްމު މާކެޓްތައް ބަންދުކުރުން

ޓޫރިޒަމް މިނިސްޓްރީން ލަފާކުރި މި އަހަރުގެ ލޯ ސީޒަންގައި ރާއްޖެއަށް ރެކޯޑް އަދަަދަކަށް ފަތުރުވެރިން އަންނާނެ ކަމަށެވެ. ނަމަވެސް, އިންޑިއާގައި ކޮވިޑުގެ ހާލަތު ގޯސްވެ އެ ގައުމުން ޓޫރިސްޓުން އައުން މަނާކުރުމާއި، ރާއްޖޭގައި ކޮވިޑު ބަލިމަޑުކަން ހަލުވިކަމާ އެކު ފެތުރޭތީ، ޓޫރިޒަމަށް ބޮޑު ލޮޅުމެއް އައެވެ.

އިންޑިއާ ފަތުރުވެރިން އައުން މަނާކުރެވުނު އިރު އެ ގައުމަކީ ރާއްޖޭގެ ޓޮޕް ސޯސް މާކެޓެވެ. އެންމެ ފުރަތަމަ އެ ގައުމުގެ މީހުންނަށް މަނާވީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކެވެ. އެކަމަކު ކޮވިޑް އިންތިހާއަށް އިންޑިއާގައި ފެތުރޭތީ ރިސޯޓްތަކަށް އައުން ވެސް މަނާ ކުރި އެވެ.

ހަމަ މި ދަނޑިވަޅުގައި ރާއްޖޭގައި ވެސް ނުރައްކާތެރި މިންވަރަކަށް ކޮވިޑް ފެތުރި، ރާއްޖޭގެ ހާލަތު ގޯސްވެގެން ދިޔަ އެވެ. އޭގެ ސަބަބުން، ބައެއް ގައުމުތަކުގެ ޓްރެވަލް ވޮޗް ލިސްޓަށް ރާއްޖޭގެ ނަން އިތުރުވެ، ބައެއް ގައުމުތަކުން ރާއްޖެ އަންނަން ހުރި ފްލައިޓްތައް ކެންސަލް ކުރި އެވެ.

މަހުގެ ނިޔަލަށް 60،000 ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ

މޭ މަހުގެ ތެރޭގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ދަށްވި ނަމަވެސް، މަހުގެ ނިޔަލަށް 60،000 ފަތުރުވެރިން އަންނާނެ ކަމަށް ބެލެވެ އެވެ.

މިހާރުގެ އެވަރެޖުން ހިސާބު ހަދާ ނަމަ، އެ އަދަދު 70،000 އަށް ވުރެ އިތުރެވެ. ކޮވިޑް ބަލިމަޑުކަން ލައިގަތުމުގެ ކުރިން، 2019 ވަނަ އަހަރުގެ މޭ މަހު ރާއްޖެއަށް ޒިޔާރަތްކުރި 73،086 ޓޫރިސްޓުންނާ އަޅާ ބަލާއިރު މާ ބޮޑު ތަފާތެއް ނެތެވެ.

މި އަހަރުގެ ތެރޭގައި ރާއްޖެއަށް މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ސަރުކާރުން އަންދާޒާކުރެ އެވެ. އަހަރުގެ މިހާތަނަށް ޓޫރިޒަމުން ލިބޭ އާމްދަނީ އާއި އަންނަ ޓޫރިސްޓުންގެ އަދަދުތައް ލަފާކުރި ވަރަށް ވުރެ އިތުރެވެ.

އެކަމަކު މި ހާލަތު ދެމިގެން ގޮސްފިނަމަ، އެ ލަނޑުދަނޑިއާ ހަމައަށް ވާސިލު ނުވެ ދައުލަތުގެ އާމްދަނީއަށް ލޮޅުމެއް އައުމުގެ ފުރުސަތު ބޮޑެވެ.