Advertisement

ބިލީގެ އާ ލަވައާ އެކު އާ ސިފަ އެއް

3 މޭ 2021 - 14:53 0


ބިލީގެ އާ ލަވައާ އެކު އާ ސިފަ އެއް

3 މޭ 2021 - 14:53 0

އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ބިލީ އެއިލިޝް އަކީ މިއުޒިކީ ދުނިޔެއަށް މި ފަހުން ތައާރަފްވި އެންމެ މަޝްހޫރު އެއް ނަމެވެ. އޭނާގެ ފުރަތަމަ ލަވަ "އޯޝަން އައިސް" އަށް ޔޫޓިއުބުގައި ލިބުނު ކުއްލި މަޝްހޫރު ކަމަށްފަހު އެންމެ 16 އަހަރުގައި ހޮލީވުޑަށް ތައާރަފްވި ބިލީ އޭގެ ފަހުން ނެރުނު ހުރިހާ ލަވައަކަށް ބޮޑު މަގުބޫލުކަމެއް ލިބި، މި ދިޔަ އަހަރު ގްރެމީސްގެ ރެކޯޑް އޮފް ދި އިޔާގެ އެވޯޑާއި ސޯންގް އޮފް ދި އިޔާގެ އެވޯޑާއި އަދި އަލްބަމް އޮފް ދި އިޔާގެ އެވޯޑު އޭނާ ވަނީ ހާސިލު ކޮށްފަ އެވެ. އަދި ބެސްޓް ނިއު އާޓިސްޓްގެ އެވޯޑް ވެސް ކާމިޔާބުކުރީ ބިލީ އެވެ.

މިހާރު 19 އަހަރުގެ ބިލީ އަކީ މި ހަތަރު އެވޯޑަށް، އެއް ފަހަރާ ނޮމިނޭޓުވެ، އެ ހުރިހާ އެވޯޑެއް ކާމިޔާބުކުރި އެންމެ ޒުވާން ފަންނާނެވެ.

ބިލީގެ އަޑު އަނެއްކާ ވެސް ގަދަ ވެފައި މިވަނީ ތިން ދުވަސް ކުރިން ރިލީސްކުރި އޭނާގެ އާ ލަވަ، "ޔުއާ ޕަވާ" މިއުޒިކް ޗާޓުތަކުގެ އެންމެ ކުރީގެ ލިސްޓުން ޖަގަ ހޯދުމާ އެކު އެވެ. މި ލަވަ ވަނީ ރިލީޒް ކުރިތާ އިރުތަކެއް ނުވަނީސް އެމެރިކާގެ ސްޕޮޓިފައި ޗާޓުގެ ނުވަ ވަނައަށް އަރާފަ އެވެ. އަދި ހަމަ އެ ދުވަހު ގްލޯބަލް ސްޕޮޓިފައި ރޭންކިންގެ 25 ވަނަ އަށް ލަވަ އެރި އިރު ފުރަތަމަ ދުވަހު އެކަނި ވެސް އާމްދަނީގެ ގޮތުގައި ދެ މިލިއަން ޑޮލަރު މި ލަވަ އަށް ވަނީ ލިބިފަ އެވެ.

https://www.youtube.com/watch?v=fzeWc3zh01g


ޔުއާ ޕަވާ އަކީ، އަންނަ ޖުލައި 30 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ބިލީގެ "ހެޕިއާ ދެން އެވާ" މިއުޒިކް އަލްބަމްގެ 16 ލަވައިގެ ތެރޭގައި ހިމެނޭ ލަވަ އެކެވެ.

ބުރާސްފަތި ދުވަހު ރިލީސްކުރި މި ލަވަ އާއެކު ބިލީ ވަނީ އޭނާގެ އާ ސިފަ ވެސް ދައްކާލާފަ އެވެ. ބިލީ ވަނީ ދުވަސްތަކެއް ވަންދެން އޭނާ ބެހެއްޓި ގުރާފެހި އިސްތަށިގަނޑުގެ ކުލަ ބްލޮންޑަށް ބަދަލުކޮށްލައި ހެދުން އެޅުމުގެ ސްޓައިލް ވެސް ބަދަލުކޮށްލާފަ އެވެ. ބްރިޓިޝް ވޯގް ގެ އެންމެ ފަހުގެ ކަވާ ގައި ބިލީ ފެންނަނީ އޭނާގެ ދޫ ހެދުން ތަކުގެ ބަދަލުގައި "ކެޓް ސޫޓް" އާއި "ކޮސެޓް" ގަ އެވެ.