Advertisement

ތެލުގެ ވިޔަފާރި ރަނގަޅުވެ ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް 109 މިލިއަން ރުފިޔާ ފައިދާ

1 މޭ 2021 - 13:30 0

އަމަން ހަލީމް

އަމަން ހަލީމް

އެސްޓީއޯ ފިހާރައެއް: ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ އާމްދަނީއަށް 2.1 ބިލިއަން ރުފިޔާ ލިބުނު -- ފޮޓޯ: އެސްޓީއޯ


ތެލުގެ ވިޔަފާރި ރަނގަޅުވެ ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް 109 މިލިއަން ރުފިޔާ ފައިދާ

1 މޭ 2021 - 13:30 0

އެސްޓީއޯއަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި ލިިބުނު 2.1 ބިލިއަން ރުފިޔާގެ އާމްދަނީން 109 މިލިއަން ރުފިޔާ ފައިދާ ވެއްޖެ އެވެ.

އެސްޓީއޯގެ ފުރަތަމަ ކުއާޓާގެ އާމްދަނީ ރިޕޯޓް ދައްކާ ގޮތުގައި އެ ކުންފުންޏަށް ފުރަތަމަ ކުއާޓާގައި ލިބުނު އާމްދަނީގެ ތެރެއިން ތެލުގެ ވިޔަފާރިން ލިބުނީ 1.4 ބިލިއަން ރުފިޔާ އެވެ. އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީއަކީ 706 މިލިއަން ރުފިޔާ އެވެ.

މި ކުއާޓާގައި އެސްޓީއޯއަށް ހުރިހާ ދާއިރާއަކުން އާމްދަނީ ރަނގަޅު ނަމަވެސް މިދިޔަ އަހަރުގެ މި ކުއާޓާއާ އަޅާ ބަލާ ނަމަ އާމްދަނީ އާއި ފައިދާ ދަށެވެ. އެކަމަކު ކޮވިޑް-19 ބަލިމަޑުކަމުގެ ހާލަތާ ގުޅިގެން އިގުތިސޯދަށް އައިސްގެން އުޅޭ ހީނަރުކަމުގެ ތެރޭގައި އެ ކުންފުނިން އެންމެ ރަނގަޅަށް ޕާފޯމް ކުރީ މި ކުއާޓާގަ އެވެ.

އެސްޓީއޯގެ ރިޒާވް މިހާރު ހުރީ 2.5 ބިލިއަން ރުފިޔާގަ އެވެ. މިއީ އޭގެ ކުރީ ކުއާޓަރަށް ވުރެ 92 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި ކުންފުނީގެ ނެޓް ވޯތު 2.6 ބިލިއަން ރުފިޔާއަށް އިތުރުވި އެވެ. މި މުއްދަތުގެ ތެރޭގައި ކުންފުނީގެ ދަރަނި އަނބުރާ ދެއްކުމަށް 26 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ.

އެސްޓީއޯގެ ފައިނޭންޝަލް ޕާފޯމަންސް ރަނގަޅު ވުމުގެ ސަބަބުން ކުންފުނީގެ ހިއްސާއަކަށް ލިބުނު އާމްދަނީ ވަނީ 96ރ. އަށް އިތުރުވެފަ އެވެ. އެންމެ ފަހުން އެ ކުންފުނީގެ ހިއްސާއެއް ވިއްކީ 700ރ. އަށެވެ. އަދި މާކެޓް ކެޕިޓަލައިޒޭޝަން ހުރީ 788 މިލިއަން ރުފިޔާގަ އެވެ.