Advertisement

މިފަހަރު ޑޭޓާ ވިލޭރޭ އުރީދޫއިން ދެ އުފާވެެރިކަން

30 އޭޕްރީލް 2021 - 16:55 0

އަމަން ހަލީމް

އަމަން ހަލީމް

އުރިދޫ ޑޭޓާ ރޯލްއޯވާ ޕްރޮމޯޝަން ޕޯސްޓަރު


މިފަހަރު ޑޭޓާ ވިލޭރޭ އުރީދޫއިން ދެ އުފާވެެރިކަން

30 އޭޕްރީލް 2021 - 16:55 0

މެއި މަހުން ފެށިގެން އުރޫދީ ކަސްޓަމަރުންގެ މަސް ނިމޭއިރު ހުންނަ ބާކީ ހުންނަ ޑޭޓާ ޖެހިގެން އަންނަ މަހަށް ޓްރާންސްފާ ވާނޭ ކަމަށް އުރޫދީއިން ބުނެފި އެވެ.

އުރީދޫއިން އަލަށް ފެށި ޑޭޓާ ރޯލްއޯވާ ހިދުމަތް ލިބެނީ އުރީދޫގެ "އެކު" އަދި "ތަފާތު ޕޯސްޓްޕެއިޑް" ޕްލޭންތަކުގައި ތިބި ކަސްޓަމަރުންގެ ތެރެއިން 600ރ. އިން މަތީގެ ޕްލޭންތައް ނަގައިގެން ތިބި ކަސްޓަމަރުންނަށް އެކަންޏެވެ.

ބޮޑެތި ޕެކޭޖުތަކަށް އަމާޒުކޮށްގެން އުރީދޫއިން މި ހިދުމަތް ދޭން ނިންމީ އާންމުކޮށް ބާކީ ޖީބީ ހުންނަނީ ބޮޑެތި ޕްލޭންތަކުގައި ކަމުގައި ވާތީ ކަމަށް އުރީދޫއިން މައުލޫމާތު ދިނެވެ.

އުރީދޫއިން އަލަށް ތައާރަފުކުރި ހިދުމަތާ ގުޅޭގޮތުން އެ ކުންފުނީގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސާ ހުސެއިން ނިޔާޒު "އަދަދު" އަށް ވިދާޅުވީ މިއީ ކަސްޓަމަރުންގެ ޝަކުވާތައް އަޑުއެހުމަށް ފަހު އުރީދޫއިން ދޭން ނިންމި ހިދުމަތެއް ކަމަށެވެ.

"ކަސްޓަމަރުން އަބަދުވެސް ކުރާ ޝަކުވާއެއް އެއީ ކީއްވެހޭ އެ ޑޭޓާ ނުލިބެނީ އެއީ ޕޭ ކޮށްފަ ހުންނަ އެއްޗެއް ނޫންހޭ. އުރީދޫއަކީ އަބަދު ވެސް ކަސްޓަމަރުންގެ ވާހަކަތައް އަޑުއަހާ ކުންފުންޏެއް. އެހެންވި މި ހިދުމަތް ދޭން ނިންމީ" ނިޔާޒު ވިދާޅުވި އެވެ.

މި ހިދުމަތަކީ އޮޓަމެޓިކުން އެކްޓިވޭޓް ވާނެ ހިދުމަތެކެވެ. އަދި މާދަމައިން ފެށިގެން ހިދުމަތް ލިބޭ ކަސްޓަމަރުންގެ ބާކީ ހުރި ޑޭޓާ މަންތްލީ އެލަވަންސުން ފެންނާނެ އެވެ.

އުރީދު އެކު އަދި ތަފާތު ޕްލޭން 600 އަދި 800 ގެ މެކްސިމަމް ޑޭޓާ ކެރީ ލިމިޓަކީ 30 ޖީބީ އެވެ. އެޔަށް ވުރެ މަތީގެ ޕްލޭންތަކުގެ މެކްސިމަމް ލިމިޓަކީ 200 ޖީބީ އެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ރޯދައާ ގުޅުގައިވައިގެން އުރީދޫއިން ތައާރަފުކުރީ ޕްރޮމޯޝަނެއްގެ ބަދަލުގައި ދާއިމީ ހިދުމަތްތަކެކެވެ. އެގޮތުން އެ ކުންފުނިން އެންމެ ފަހުން ތައާރަފު ކުރި "އާޗާ" ޕްލޭންތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އުރީދޫއިން މައުލޫމާތު ދިނެވެ.

ރާއްޖޭގައި 2005 ވަނަ އަހަރުން ފެށިގެން ހިދުމަތް ދެމުން އަންނަ އުރީދޫއަކީ ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ.

އުރީދޫ ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުވީ 2016 ވަނަ އަހަރު އެވެ. މާކެޓް ކެޕްގެ ގޮތުން ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ކުންފުނީގެ ހިއްސާއެއް އެންމެ ފަހުން ވިއްކި އަގަކީ 42ރ. އެވެ. އެ ކުންފުނިން އައިޕީއޯގައި ހިއްސާއެއް ވިއްކީ 30ރ. އަށެވެ.

މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީއަކީ 1.7 ބިލިއަން ރުފިޔާ އެވެ. އަދި ފައިދާގެ ގޮތުގައި 407 މިލިއަން ރުފިޔާ ލިބުނެވެ.