Advertisement

ސްކައިފޯލް: މާހައުލު ހިތްގައިމު، ކެއުންތައް އެހާ ތަފާތު!

6 މޭ 2021 - 12:26 2

އަމަން ހަލީމް

އަމަން ހަލީމް

ސްކައިފޯލް ލައުންޖް އަދި ރެސްޓޯރަންޓު: މި ރެސްޓޯރަންޓު ހުންނަނީ ލޮނުޒިޔާރަތްކޮޅު ސަރަހައްދުގެ ރޫފްޓޮޕެއްގައި. -- ފޮޓޯ: ސްކައިފޯލް ރެސްޓޯރަންޓު


ސްކައިފޯލް: މާހައުލު ހިތްގައިމު، ކެއުންތައް އެހާ ތަފާތު!

6 މޭ 2021 - 12:26 2

ކޮންގްރީޓް ޖަންގައްޔެއް ފަދަ މި މާލޭގައި ތޮއްޖެހުމުގެ ސަބަބުން ފިތިބާރުވެފައި ވުމުގެ އިހުސާސް އަބަދު ވެސް ކުރެވެ އެވެ. ބޭރަށް ނުކުމެލިޔަސް، ތަނެއްގެ ތެރޭގައި ހުއްޓަސް ކުރެވެނީ މިފަދަ އިހުސާސެކެވެ. މި ކާރޫބާރު ބޮޑު މާލޭގެ ޖައްވުން ނުކުމެ، އަމާންކަމުގެ އިހުސާސް ކުރެވޭނެ ފަދަ މާހައުލެއްގައި، ހަމަޖެހިލައިގެން ތިބެ މި ރޯދަމަހު ރޯދަ ވީއްލަން ބޭނުން ހެއްޔެވެ؟

މީގެ ކުރިން، މިފަދަ ހިތްގައިމު މާހައުލެއް ހޯދުމަށްޓަކައި ދާންޖެހެނީ މާލޭން ބޭރަށް ނަމަވެސް މިހާރު މާލޭން ބޭރަށް ނުގޮސް ވެސް ވާނެ އެވެ. ދާންވީ މި ރޯދަމަހުގެ ފުރަތަމަ ދުވަހު ހުޅުވި ސްކައިފޯލް ލައުންޖް އެންޑް ރެސްޓޯރަންޓަށެވެ.

ލޮނުޒިޔާރަތްކޮޅުގައި، ހ. ނީސް ގޭގެ 10 ވަނަ ބުރި ނުވަތަ ރޫފްޓޮޕްގައި ހަދާފައިވާ މި ޖާގަ ތަނަވަސް ރެސްޓޯރަންޓަށް ވަނުމުން ރޫސްލާފައި ދާ ސައިކަލްތަކާއި ކާރުތަކުގެ ބާރު އަޑު ގާތްގަނޑަކަށް އެއްކޮށް ކެނޑިގެން ދެ އެވެ. ހަލަބޮލިކަމުގެ ޖައްވަކުން ނުކުމެވެ އެވެ. މި ހުރެވެނީ ތޮށްޖެހިފައިވާ މާލޭގެ ތަނެއްގައިކަން ވެސް ހަނދާނުން ފިލައިގެން ދެ އެވެ.

ސްކައިފޯލްގެ އެންމެ ހާއްސަ އެއްކަމަކީ އެތަނުގެ ވިއު އެވެ. ފިނި ވައިރޯޅި އާއި ރާޅުޖަހާ އަޑާ އެކު ސްކައިފޯލްގެ ކޮންމެ ކަސްޓަމަރަކަށް ވެސް ލިތްބައިދެނީ މާލޭން މި ވަގުތު ލިބޭނެ އެންމެ ހިތްގައިމު މަންޒަރެވެ. އެއްކޮޅުން އެއާޕޯޓަށް ޖައްސާ އަދި ނައްޓާލާ ފްލައިޓްތަކެވެ. އަނެއްކޮޅުން ސިނަމާލެ ބްރިޖާއި ބްރިޖު މަތިން އައިސް ގޮސްވާ މީހުންނެވެ. ތިރިއަށް ބަލާލުމުން ލޮނުޒިޔާރަތްކޮޅުގައި އަލަށް ތަރައްގީކޮށްފައިވާ ފެހިކަން ގަދަ، ނަލަ ބަގީޗާ އެވެ.

ސްކައިފޯލް ރެސްޓޯރަންޓުގެ އެއް ފަރާތުން ފެންނަ މަންޒަރު


އެ ފެންނަ މަންޒަރަކީ އަހަރެމެންގެ ދިރިއުޅުމާ ގުޅިލާމެހިފައިވާ ކަނޑާއި މާލޭން މިހާރު މަދުން ނޫނީ ނުފެންނާނެ ފެހިކަމުގެ އިތުރަށް، ސިޓީގެ ދިރިއުޅުމަކުން ފެންނާނެ މަންޒަރުތައް ގުޅިލާމެހިގެން ގޮސް ކުރައްސައިދެނީ އެފަދަ ދެ ވަނައެއް ނެތް ތަސްވީރެކެވެ.

ސްކައިފޯލްގެ ކޮންމެ ތަނެއް ވެސް ފަރުމާކުރީ އެއްވެސް ކަމެއް ދޫނުކޮށް، ހުރިހާ ކަމަކަށް ވަރަށް ބަލައިގެންނެވެ. ފެޝަން ޑިޒައިނަރުންގެ ފަރުމާގެ މުވައްޒަފުންގެ ޔުނީފޯމްތަކާއި ކަސްޓަމް މޭޑް ތަށި ސަމުސާއިން ފެށިގެން ގޮސް ގޮޑިމޭޒު ފަދަ ތަކެއްޗަކީ ސްކައިފޯލްގެ ހާއްސަ ކަންކަމެކެވެ. ޒަމާނީ ގޮތަކަށް ބުނާ ނަމަ "ޖަސްޓް ސްކައިފޯލް ތިންގްސް" އެވެ.

ސްކައިފޯލް ރެސްޓޯރަންޓުގެ ގޮނޑި އާއި މޭޒަކީ ކަސްޓަމް މޭޑް ތަކެތި


ލައުންޖް ބައިގެ ފާރު ޖަރީކޮށްފައި ވަނީ، ދިވެހިންގެ އާދަކާދަ އާއި ސަގާފަތް ދައްކުވައިދޭ ގޮތަށް، ސްކައިފޯލް އަށް ހާއްސަކޮށް ދިވެހި އާޓިސްޓެއް ތައްޔާރުކޮށްދީފައިވާ އާޓްވޯކްތަކުންނެވެ.

ސްކައިފޯލްގެ ލޯންޖުގައި ހުންނަ ކުރެހުން


މިއީ ރައްޓެހިންނާ އެކު ކޮފީއެއް ބޯލާ މަޖާކޮށްލަން ވިޔަސް މެންދުރު ލަންޗް ނަގާލަން ނުވަތަ ރޭގަނޑު ޑިނާއަކަށް ގޮސްލަން ވިޔަސް ދާން އެއްވަނައިގެ ތަނެކެވެ. އުފަންދުވަހާއި ކައިވެނި ހަފުލާ ބާއްވާލަން ވެސް މިހާރު މާލޭގައި ހުރި އެންމެ ކަމުދާ ތަނަކީ މިޔޭ ބުނެވިދާނެ އެވެ.

ސްކައިފޯލް ރެސްޓޯރަންޓުގައި ތަޖުރިބާކާރު ދިވެހި ޝެފް ނައީމްގެ ބެލުމުގެ ދަށުން މަސައްކަތްކުރާ ކައްކާއިންގެ ހުނަރުން ތައްޔާރުކޮށްލަނީ ދިވެހިންގެ ރަހަތަކަށް ޒަމާނުއްސުރެ ހެޔޮވަރުކޮށްލަދެމުން އަންނަ ކެއުންތަކާއި މި ޒަމާނުގެ ތަފާތު ޑިޝްތަކެވެ. ރޯދަ މެނޫ އިން ވެސް ފެންނަނީ އެފަދަ ތަފާތު ރަހަތަކެވެ.

ސްކައިފޯލް މިވަގުތު ހުޅުވާފައި ހުންނަނީ ރޯދަވީއްލާ ގަޑިން ފެށިގެން ދަންވަރު 12 އަށެވެ. ރޯދަވީއްލާ ނިމުމުން ސްޕެޝަލިޓީ ކޮފީ އާއި އެކި ވައްތަރުގެ ބުއިންތައް އަދި ލުއި ކެއުންތައް ހިމެނޭ މެނޫއަކުން އޯޑަރު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.