Advertisement

އަންނަ ހަފުތާގެ ނިޔަލަށް ވެސް ކިރާނީ ހަތަރު ޓަނުގެ މަސް

29 އޭޕްރީލް 2021 - 11:47 0

އަމަން ހަލީމް

އަމަން ހަލީމް

މާލެ ބަނދަރުގައި އޮތް މަސް ދޯނިތަކެއް: މި ފަހަރުހާ ދިގުލައިގެން ދިޔަ ރަނގަޅު މަސްވެރިކަމެއް ނުފެންނަ ކަމަށް މިފްކޯއިން ބުނޭ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


އަންނަ ހަފުތާގެ ނިޔަލަށް ވެސް ކިރާނީ ހަތަރު ޓަނުގެ މަސް

29 އޭޕްރީލް 2021 - 11:47 0

މިފްކޯގެ ފެސިލިޓީތަކަށް ކޮންމެ ބޯޓަކުން ކިރާ ޓަނުގެ އަދަދު ހަތަރަކަށް މަދުކުރަން ނިންމި ނިންމުން އަންނަ ހަފުތާއާ ހަމައަށް ދަންމާލައިފި އެވެ.

މިފްކޯއިން މަސްކިރާ އަދަދު ލިމިޓު ކުރީ އާދަޔާހިލާފަށް ދެކުނު މަސްވެރިކަން ރަނގަޅުވެ، ގިނަ އަދަދެއްގެ މަސް ކިރަން ޖެހުމުން ފްރީޒިން ކެޕޭސިޓީއަށް ބާރު ބޮޑުވެގެންނެވެ. މިހާ ދިގުލައިގެންދިޔަ ރަނގަޅު މަސްވެރިކަމެއް ފަހުގެ ތާރީހެއްގައި ފެނިފައި ނުވާ ކަމަށް މިފްކޯ އިން ބުންޏެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ "އަދަދު"އަށް ވިދާޅުވީ މަސް ކިރުން ލިމިޓު ކޮށްފައި އޮތީ ފްރީޒިން ކެޕޭސިޓީ އޯވާލޯޑް ވާތީ ކަމަށެވެ. މަހުގެ ކޮލިޓީ ހިފަހައްޓަން ކޯލްޑް ސްޓޯރޭޖަށް ލުމުގެ ކުރިން މަސް ހުންނަން ޖެހެނީ ވަކި ފިނިހޫނު މިނެއްގައި ބެހެއްޓިފަ އެވެ.

"މަހުގެ ކޮލިޓީ ހިފަހައްޓަންޏާ އެބަ ޖެހޭ ފްރީޒިން ކެޕޭސިޓީއަށް ބަލަން. އެހެންވެ މަސް ކިރުން އަދިވެސް ލިމިޓު ކޮށްފައި އޮތީ" ފައުޒީ ވިދާޅުވި އެވެ.

ފައުޒީ ވިދާޅުވި ގޮތުގައި އަންނަ ހަފުތާގެ ތެރޭގައި ނިންމުން އަލުން ރިވިއު ކުރާނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ދެކުނުގެ ސަރަހައްދުތަކުގެ މަސްވެރިކަން ރަނގަޅު ވުމުގެ ސަބަބުން އިތުރުގެ ގިނަ މަސް ދޯނި ފަހަރު ވެސް ހަރަކާތްތެރިވަމުން އަންނަނީ ދެކުނުގަ އެވެ. މި ޑިމާންޑާ ގުޅިގެން މިފްކޯގެ ގިނަ އަދަދެއްގެ މަސް ކިރާ ބޯޓުތަކާއި ކެރިއަރު ބޯޓުތައް ދަނީ އެ ސަރަަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.