Advertisement

ބީބާގެ އާ ހެއާ ސްޓައިލަށް ރުޅި އާއި ފާޑުކިޔުން

29 އޭޕްރީލް 2021 - 10:03 0


ބީބާގެ އާ ހެއާ ސްޓައިލަށް ރުޅި އާއި ފާޑުކިޔުން

29 އޭޕްރީލް 2021 - 10:03 0

ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ އާ ހެއާ ސްޓައިލް ދައްކާލުމާ އެކު ތައުރީފުގެ ބަދަލުގައި ފޭނުން އޮއްސައިލީ ރުޅި އާއި ފާޑުކިޔުމެވެ. ބީބާ އިސްޓަގްރާމުގައި ހިއްސާ ކުރި ފޮޓޯގައި އޭނާގެ އިސްތަށިގަނޑު ފެންނަނީ ކަޅު ނަސްލުގެ މީހުންގެ ޒަމާންތަކެއްވީ "ކޯންރޯ" ސްޓައިލާއި އެއް ކަހަލަ ގޮތަކަށް، ފާޑަކަށް މެޓްކޮށްފައި ހުރި ގޮތަކަށެވެ. އެއީ ނަސްލުގެ މީހުންގެ ޒަމާންވީ އާދަކާދައަކަށް އިހުތިރާމް ކުޑަވާ ގޮތަށް ބީބާ ކުރި ކަމެއް ކަމަށް ފޮޓޯ އަށް ކޮމެންޓު ކުރި މީހުން ވަނީ ތުހުމަތުކޮށްފަ އެވެ.

މީގެ ކުރިން ވެސް ބީބާ އަށް ވަނީ ޑްރެޑްލޮކްސް އަށް އިސްތަށިގަނޑު ސްޓައިލް ކޮށްގެން ރުޅި އާއި ނަފްރަތު އަމާޒުވެފަ އެވެ.

ޑްރެޑްލޮކަކީ ކަޅު މީހުންގެ ނަސްލާއި އެމީހުންގެ ތާރީހީ އާދަކާދަ ރަމްޒުކޮށްދޭ ހެއާ ސްޓައިލެކެވެ. ކަޅު ނަސްލަށް ނިބަތްނުވާ މީހުން އެކި ގޮތްގޮތަށް އެ ހެއާސްޓައިލް ޖެއްސުމަކީ ސަގާފަތަށް ކުރެވޭ މަލާމާތެއްގެ ގޮތުގައި އެމީހުން ދެކެ އެވެ. އެހެންވެ، ބީބާގެ ފޮޓޯ އަށް ކޮމެންޓުކުރި އެތައް ބަޔަކު ވަނީ އޭނާގެ އިސްތަށިގަނޑު އެ ނޫން ގޮތަކަށް ބަދަލުކޮށްލައި މައާފަށް އެދުމަށް ވެސް ބުނެފަ އެވެ.

ބީބާގެ އިސްތަށިގަނޑަށް އެވަރަށް ފާޑުކިޔުން އަމާޒުވީ، ވަކި ނަސްލެއްގެ ގަދީމީ ރަމްޒީ ކަމެއްގެ ގޮތުގައި ބެލެވިފައި އޮތް ކަމެއް އަމިއްލަ ސްޓައިލަކަށް ބަދަލުކޮށްގެން އެއްވެސް އަސްލަކަށް ނުފެތޭ ގޮތަށް ކޮށްފައި ހުރުމުން ކަމަށް ވެސް އެއްބަޔަކު ވަނީ ބުނެފަ އެވެ.

މީގެ ކުރިން ޑްރެޑްލޮކްސް ކޮށް އިސްތަށިގަނޑު ސްޓައިލްކުރުމުން ވެސް ބީބާއަށް އެންމެ ބޮޑަށް ކުރެވުނު ތުހުމަތުތަކަކީ ވެސް އެއީ އެވެ. އެހެން ސަގާފަތްތަކާއި މީހުންގެ ޖަޒުބާތުތަކާއި ގުޅިފައިވާ ކަންތައްތަކުގައި ކަންނެތް ކަމާއި ފަރުވާކުޑަކަން ބީބާގެ ފަރާތުން ފެންނަ ކަމަށް އޭނާއަށް ފާޑުކީ ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

އެކަމަކު ބީބާ އަށް ސަޕޯޓް ކުރާ އޭނާގެ ބައެއް ފޭނުން ވަނީ، ބީބާ އަށް އޭނާ ބޭނުންވާ ގޮތަށް އިސްތަށިގަނޑަށް ގޮތްގޮތް ހެދުމުގެ އިހުތިޔާރު އޮންނަންޖެހޭނެ ކަމަށް ބުނެ އޭނާ ދިފާއުކޮށްފަ އެވެ.

ހޮލީވުޑް ތަރިންގެ ތެރެއިން މައިލީ ސައިރަސް އާއި ކިމް ކާޑޭޝިއަން އާއި ކައިލީ ޖެނާ އަށް ވެސް މީގެ ކުރިން ވަނީ ޑްރެޑްލޮކްސް އަށް އިސްތަށިގަނޑު ސްޓައިލްކޮށްގެން ހަމަ މިކަހަލަ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.