Advertisement

ފެހި މުގުގެ ފައިދާ އާއި "ބީން ސްޕްރައުޓްސް" ހައްދާނެ ގޮތް

28 އޭޕްރީލް 2021 - 11:33 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ފެހި މުގުގެ ފައިދާ އާއި "ބީން ސްޕްރައުޓްސް" ހައްދާނެ ގޮތް

28 އޭޕްރީލް 2021 - 11:33 0

ފެހި މުގު ނުވަތަ މަންގް ބީންސް އަކީ މުގުގެ ތެރެއިން ސިއްހީ ފައިދާ އެންމެ ގިނަ އެއް ބާވަތެވެ. އާއްމުކޮށް އަހަރެމެން ރިހައިގައި ތައްޔާރުކުރާ ރީނދޫ މުގަށް ވުރެ ވަށްކޮށް، އޮށް ތަކެެއް ގޮތަށް ހުންނަ މި މުގުގައި މަޑު ފޮނި ރަހައެއް ހުރެ އެވެ. ދުޅަހެޔޮކޮށް ކާ ގިނަ ގައުމު ތަކުގައި ސްލެޑް އާއި ސޫޕް ފަދަ ކެއުންތައް ތައްޔާރުކުރާ އިރު ގިނައިން ފެހި މުގު ބޭނުންކޮށް އުޅެ އެވެ.

ފެހި މުގު ޖޯޑެއް (202ގ) ގައި ހިމެނޭ ފައިދާ

ކެލޮރީސް: 212

ފެޓް: 0.8ގ

ޕްރޮޓީންސް: 14.2ގ

ކާބްސް: 38.7ގ

ފައިބާ: 15.4ގ

ފޮލޭޓް (ބީ9): ދުވާލަކު ލިބެންޖެހޭ މިންވަރުގެ 80 ޕަސެންޓް (އާރްޑީއައި)

މެންގަނީޒް: 30 ޕަސެންޓް އާރްޑީއައި

މެގްނީޒިއަމް: 24 ޕަސެންޓް އާރްޑީއައި

ވިޓަމިން ބީ1: 22 ޕަސެންޓް އާރްޑީއައި

ޕޮސްޕަރަސް: 20 ޕަސެންޓް އާރްޑީއައި

އަޔަން: 16 ޕަސެންޓް އާރްޑީއައި

ކޮޕާ: 16 ޕަސެންޓް އާރްޑީއައި

ޕޮޓޭސިއަމް: 15 ޕަސެންޓް އާރްޑީއައި

ޒިންކް: 11 ޕަސެންޓް އާރްޑީއައި

ވިޓަމިން ބީ2، ބީ3، ބީ5، ބީ6 އާއި ސެލީނިއަމް

މި ހުރިހާ ފައިދާ ތަކާ އެކު ފެހި މުގަކީ ގަހުން ލިބޭ ތަރުކާރީ ބާވަތްތަކުގެ ތެރެއިން ޕްރޮޓީންސް އެންމެ ގިނަ އެއް ބާވަތެވެ.

ފެހި މުގު "ސްޕްރައުޓްސް" ގެ ފައިދާ މާ ގިނަ

ބީން ސްޕްރައުޓް އަކީ އެހެން ހުރިހާ ތަރުކާރީ އަކަށްވުރެ ފައިދާ ބޮޑު ތަރުކާރީއެއްގެ ގޮތުގައި އޮންނަނީ ބެލެވިފަ އެވެ. މިއީ މުގު ނުވަތަ އޮށް ތެންމައިގެން އެއިން ކުރި ފަޅުވައިގެން ކެއުމުގައި އެ ކުރިތައް ބޭނުންކުރުމެވެ. އެންމެ ގިނައިން ބޭނުންކުރާ ބީން ސްޕްރައުޓްސްގެ ތެރޭގައި ފެހި މުގާއި ސޯޔާ ބީން ސީޑް ހިމެނެ އެވެ.

https://www.youtube.com/watch?v=lIVdAMJZ8uU


ފެހި މުގުގައި އެންޓިއޮކްސިޑެންޓް މާއްދާތައް ގިނަ އަދަދަކަށް އެކުލެވޭތީ މިއީ ކްރޮނިކް ބަލިތަކަށް ފައިދާހުރި މޮޅު ބާވަތެކެވެ. މި މުގު ސްޕްރައުޓް ކުރުމުން ފައިދާ ދެ ގުނަ ވާކަމަށް ސިއްހީ ރިސާޗްތަކުން ދައްކަ އެވެ. މީގެ އިތުރުން ހިތުގެ ބައްޔާއި، ކެންސަރު ފަދަ ބަލިތަކާއި ކޮލެސްޓްރޯލް ދަށްކުރުމަށާއި ހަކުރު ދަށް ކުރުމަށާއި ހަޖަމުގެ މައްސަލަތަކަށް ކެއުމުން ހައްލު ހޯދުމަށް ވެސް ފެހި މުގާއި ފެހި މުގު ސްޕްރައުޓްސް ބޭނުންކުރުމުގެ ފައިދާ ބޮޑެވެ.

ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށް ވެސް މަންގް ބީން ސްޕްރައުޓްސް އަކީ އަވަހަށް ނަތީޖާ ނެރެދޭ ކެއުމެކެވެ. ބީން ސްޕްރައުޓްސް ގައި ގިނަ އަދަދަކަށް ފައިބާ އާއި ޕްރޮޓީން ހިމެނޭތީ ބަނޑުހައިވާ މިންވަރު މަދުކޮށްދީ، ގިނަ އިރު ވަންދެން ބަނޑުހައި ނުވެ ހުންނަން އެހީވެދޭ ހޯމޯން ހަށިގަނޑުގައި އުފައްދައި ދެ އެވެ. އޭގެ ސަބަބުން ގިނައިން ކައިގެން ހަށިގަނޑަށް އިތުރުވާ ކެލޮރީސް ޕަސެންޓޭޖް ދަށް ކޮށްދީ މީހާގެ ބަރުދަން ދަށްކުރުމަށް އެހީތެރިވެދެ އެވެ.

އިންޑިއާ، ޗައިނާ، ތައިލެންޑް، ސިންގަޕޯ ފަދަ ގައުމުތަކުގައި ބީން ސްޕްރައުޓް ސެލެޑްގައި ގިނައިން ބޭނުންކޮށް އުޅެނީ ފެނު މަޑުކޮށްގެނެއް ނޫނެވެ. ނަމަވެސް އެންމެ ރައްކާތެރި ގޮތަކީ ބެކްޓީރިއާ އެއް ހުރިނަމަ އެ ނެތިގެންދާ ހޫނުގައި ކެއްކުމަށް ފަހު ބޭނުންކުރުމެވެ.

މިއީ ކުޑަ ކުޑަ ހަރަދަކުން ކެއުން ދުޅަހެޔޮ ކުރެވިދާނެ ގޮތެކެވެ. ބާޒާރުގައި ވެސް ހަޔޮ އަގެއްގައި ބީން ސްޕްރައުޓްސް ދަޅު މިހާރު ލިބެން ހުރެ އެވެ.

ނޯޓް: މި ލިޔުމަށް މައުލޫމާތު ނަގާފައިވަނީ ސިއްހީ އެކްސްޕާޓުން ލިޔާ ވެބްސައިޓް "ހެލްތުލައިން" އިންނެވެ.