Advertisement

ބޮޑެތި ޑިސްކައުންޓުތަކެއް ލިިބޭ މެކްސްކޮމްގެ ރޯދަ ޕްރޮމޯޝަން ކުރިއަށް

25 އޭޕްރީލް 2021 - 16:53 0

އަމަން ހަލީމް

އަމަން ހަލީމް

މެކްސްކޮމް ޓެކްނޮލޮޖީސް: ލެޕްޓޮޕް، ޑެސްކްޓޮޕް އަދި ފޯނާއި، ފޯނު އެކްސެސަރީސްތަކުން ޑިސްކައުންޓު ލިބޭ -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ބޮޑެތި ޑިސްކައުންޓުތަކެއް ލިިބޭ މެކްސްކޮމްގެ ރޯދަ ޕްރޮމޯޝަން ކުރިއަށް

25 އޭޕްރީލް 2021 - 16:53 0

މި އަހަރު ވެސް މެކްސްކޮމް ޓެކްނޮލޮޖީސްއިން ރޯދަ މަހަށް ހާއްސަކޮށްގެން ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް އެބަ ގެންދެ އެވެ.

މި ޕްރޮމޯޝަނުގެ ތެރެއިން އެ ފިހާރައިން ވިއްކާ ލެޕްޓޮޕް، ޑެސްކްޓޮޕްގެ އިތުރުން ފޯނާއި ފޯނު އެކްސެސަރީތަކުން ހާއްސަ ޑިސްކައުންޓު ލިބޭނެ އެވެ.

ޕްރޮމޯޝަންގެ ދަށުން ސްކޫލް ކުދިންނަށް ހާއްސަ ލެޕްޓޮޕް ފެށޭ އަގަކީ 6،900ރ. އެވެ. ސްކޫލް ކުދިންނަށް ހާއްސަ ކުރެވިފައި ހުރި ލެޕްޓޮޕްތަކުގެ އިތުރުން ބިޒްނަސް ލެޕްޓޮޕްތަކުން ޑިސްކައުންޓު ލިބޭނެ ކަމަށް މެކްސްކޮމުން ބުންޏެވެ.

މެކްސްކޮމުން ގަންނަ ހުރިހާ ލެޕްޓޮޕް އަދި ޑެސްކްޓޮޕް ކޮމްޕިޓަރުތަކަށް އޮތޮރައިޒްޑް ވޮރެންޓީ ލިބޭނެ އެވެ.

މި ޕްރޮމޯޝަނުގައި އެންމެ ފަހުގެ ފޯނުތައް ވެސް ވަނީ އަގު ހެޔޮކޮށްފަ އެވެ. އޭގެ ތެރޭގައި ހުއަވެއި ވައި9 ޕްރައިމް އަދި ވައި7އޭ ހިމެނެ އެވެ. މި ދެ ފޯނުގައި 4 ޖީބީ ރެމް އާއި 128 ޖީބީ ރޮމް ހިމެނެއެވެ.

ޑިސްކައުންޓާ އެކު ހުއަވެއި ވައި7އޭ ގެ އަގަކީ 3700ރ. އެވެ. އަދި ހުއަވެއި ވައި9 ޕްރައިމްގެ އަގަކީ 3950ރ. އެވެ. މެކްސްކޮމުން ވިއްކާ ހުރިހާ ހުއަވެއި ފޯނަކަށް ހުއަވެއިގެ އޮރިޖިނަލް އެއް އަހަރުގެ ވޮރަންޓީ ލިބޭނެ އެވެ.

މި ޕްރޮމޯޝަނާ ގުޅޭގޮތުން މައުލޫމާތު ދެމުން މެކްސްކޮމް ޓެކްނޮލޮޖީސްގެ މެނޭޖަރު މުހްތާރު މުހައްމަދު ވިދާޅުވީ، ރޯދަ ނިމިގެން އީދަށް ފަހު ވެސް މި ޕްރޮމޯޝަން ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން ޕްރޮމޯޝަން ނިންމާލާނީ މެއި މަހުގެ ނިޔަލަށް ކަމަށް ވިދާޅުވި އެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވާ މީހުންގެ މެދުގައި ބާއްވާ ލަކީޑްރޯއަކުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް އިނާމު ލިބޭނެ އެވެ. ލިބޭ އިނާމުތަކުގެ ތެރޭގައި ފޯނަކާއި، ސްމާޓްވޮޗަކާއި އިއާޕޮޑެއް ހިމެނެ އެވެ.