Advertisement

އިންޑޮނީޝިއާއިން ގެއްލުނު ސަބްމެރީންގެ ބައިތައް ފެނިއްޖެ

25 އޭޕްރީލް 2021 - 11:57 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ގެއްލުނު ސަބްމެރީންގެ ބައިތައް ދައްކާލަނީ،-- ފޮޓޯ: އީޕީއޭ


އިންޑޮނީޝިއާއިން ގެއްލުނު ސަބްމެރީންގެ ބައިތައް ފެނިއްޖެ

25 އޭޕްރީލް 2021 - 11:57 0

ފަންސާސް ތިން މީހުންނާ އެކު މިދިޔަ ބުދަ ދުވަހު ގެއްލުނު އިންޑޮނޭޝިއާގެ ސަބްމެރީން ފެންނާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް އެ ގައުމުގެ ކަނޑުގެ ސިފައިން ބުނެފި އެވެ.

ސަބްމެރީންގެ ބައިތަކުގެ އިތުރުން، ދަތުރު ކުރި މީހުންގެ ބައެއް ސާމާނު ވަނީ އޭތި ގެއްލުނު ހިސާބުން ފެނިފަ އެވެ. ފެނުނު އެއްޗެހީގެ ތެރޭގައި ނަމާދު ކުރާ މުސައްލަ ފަދަ ތަކެތި ހިމެނެ އެވެ.

ކަނޑުގެ ސިފައިންގެ ވެރިޔާ ޔޫޑާ މާގޯނޯ ވިދާޅުވީ ޕްރެޝަރުގެ ސަބަބުން ސަބްމެރީންގައި ރެނދުލުން ފަދަ ކަމެއް ދިމާވެގެން މެނުވީ ނުފެންނާނެ ފަދަ ބައެއް ބައިތައް ފެނިފައިވާ ކަމަށެވެ.

ސަބްމެރީން ހޯދުމުގެ މަސައްކަތް ކުރަނިކޮށް ކަނޑުގެ 850 މީޓަރު އަޑީގައި އެއްޗެއް އޮތް ކަމަށް ސްކޭނުން ދައްކާފައި ވެއެވެ. އެއީ އެ ސަބްމެރީނަށް ދަތުރު ކުރެވޭ ފުން މިނަށް ވުރެ މާ ފުނެވެ.

އެ ސަބްމެރީންގައި އޮކްސިޖަން ހުރީ ތިން ދުވަހަށް ވާ ވަރަށެވެ. އެހެންކަމުން އޭގައި ތިބި މީހުން މަރުވެފައިވާ ކަމަށް ވަނީ ނިންމާފަ އެވެ.

ގެއްލުނު ސަބްމެރީން--


"ކޭއާރްއައި ނަންގަލަ-402" ސަބްމެރީން ގެއްލުނީ ބާލީގެ އުތުރުން އަސްކަރީ ތަމްރީނެއް ކުރިއަށް ގެންދަނިކޮށެވެ. ޖަރުމަނުގައި 1970 ގެ ތެރޭގައި އުފެއްދި އެ ސަބްމެރީން ވަނީ 2012 ވަނަ އަހަރު ދެކުނު ކޮރެއާގައި ދެ އަހަރުގެ ދިގު މަރާމާތެއް ކޮށް ނިންމާފަ އެވެ.

ސަބްމެރީން ގެއްލުނު ކަމަށް ބެލެވޭ ސަރަހައްދުގައި ކަނޑުގެ މަތީގައި ތެލުގެ ތުނި ފަށަލައަށް ފެންނަން އެބަ ހުއްޓެވެ. އެހެންކަމުން ބެލެވެނީ އޭގެ ފިޔުލް ޓޭންކަރަށް ގެއްލުމެއް ލިބުނު ކަމަށެވެ. ނަމަވެސް އިންޑޮނީޝިއާ ކަނޑުގެ ސިފައިން ބުނީ ދަތުރު ފެށިއިރު، އޭގައި މައްސަލައެއް ނެތް ކަމަށެވެ.