Advertisement

"ޝަންގް ޗީ": މާވެލްގެ ފުރަތަމަ އޭޝިއަން ސުޕަހީރޯ ފިލްމުގެ ޓީޒާ ދައްކާލައިފި

21 އޭޕްރީލް 2021 - 15:39 0


"ޝަންގް ޗީ": މާވެލްގެ ފުރަތަމަ އޭޝިއަން ސުޕަހީރޯ ފިލްމުގެ ޓީޒާ ދައްކާލައިފި

21 އޭޕްރީލް 2021 - 15:39 0

މާވެލް އިން އަލަށް ތައާރަފް ކުރާ ފުރަތަމަ އޭޝިއަން ސުޕަހީރޯ ފެންނަ ފިލްމު، "ޝަންގް ޗީ އެންޑް ލެޖެންޑް އޮފް ދަ ޓެން ރިންގްސް"ގެ ޓްރެއިލާ އިއްޔެ ޑިސްނީ އިން ވަނީ އާންމުންނަށް ދޫކޮށްލާފަ އެވެ. އެއާއެކު މޫވީ ފޭނުންގެ މެދުގައި މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކަ އަކީ މި އެވެ.

މި ޓްރެއިލާ އިއްޔެ ނެރުނީ، ފިލްމުގައި ސުޕަހީރޯގެ ރޯލުން ފެންނަ، ކެނެޑިއަން ޗައިނީޒް އެކްޓަރު ސިމޫ ލިއޫގެ އުފަންދުވަހާ ވެސް ދިމާކޮށެވެ.

ދެ މިނިޓް ގެ ކުރު ޓީޒާގައި، ހޮންކޮންގުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ޓޯނީ ލިއުންގް، ވެން ވޫ ނަމަކަށް ކިޔާ ނުބައި ވިލަން އެއްގެ ރޯލުން ފެނިގެންދެ އެވެ. ޓޯނީ އަކީ ހޮންކޮންގު ފިލްމް އެވޯޑްސް ގެ އެންމެ މޮޅު އެކްޓަރުގެ މަގާމު ހަތަރު ފަހަރަށް ހޯދާފައިވާ ކުޅަދާނަ އެކްޓަރެކެވެ.

މި ފިލްމުގައި އޭނާ އަކީ "ޓެން ރިންގް ޓެރާ" ނަމަކަށް ކިޔާ އޮގަނައިޒޭޝަން ގެ ވެރިއާ އެވެ.

ޓީޒާއިން ފެންނަ ގޮތުން ޝަންގް ޗީ އަކީ ކުޑައިރުއްސުރެ، އެސޭސިން އެއް ގޮތަށް ވެން ވޫ ޓްރެއިން ކުރާ ކުއްޖެކެވެ. އެކަމަކު ވަކި ހިސާބަކުން ވެން ވޫ އާއި ވަކިވެގެން ސެންފްރާންސިސްކޯ އަށް ދިރިއުޅުން ބަދަލުކޮށް، އެތަނުގައި އުޅޭތާ އަހަރުތަކެއް ފަހުން، މާޒީގައި ހިނގާފައިވާ ކަންތައްތަކަކާ ހެދި ވެން ވޫ އަނެއްކާ ވެސް ޝަންގް ޗީ ގެންނަން ބޭނުންވެ އެވެ.

ޓީޒާގައި ވެންވޫ އާއި ޝަން ޗީ އާއި ދެމެދުގައި ހިނގާ މާޝަލް އާޓްގެ ވަރުގަދަ ތަޅައިފޮޅުން ތަކެއް ވެސް ފެނިގެންދެ އެވެ.

https://www.youtube.com/watch?v=CSquFeBfjlQ


މި ފިލްމު ފުރަތަމަ ރިލީޒްކުރަން ހަމަޖެހިފައި އޮތީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެކަމަކު ރިލީޒްކުރުން ލަސްވެ، ދެން ފިލްމު ތިއޭޓަރަށް ނެރޭނެ ކަމަށް ބެލެވެނީ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ.

މާވެލްގެ ފޭސް ހަތަރެއްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މި ފިލްމަކީ މާވެލް ޔުނިވާސް އިން މި އަހަރު ނެރޭ ދެވަނަ ފިލްމެވެ. މާވެލް އިން މިއަހަރު ނެރެން ނިންމާފައިވާ އިތުރު ފިލްމު ތަކުގެ ތެރޭގައި ބްލެކް ވިޑޯ، އެޓާނަލްސް އަދި ސްޕައިޑާ މޭން-ނޯވޭ ހޯމް ފަދަ ވަރުގަދަ ފިލްމުތައް ހިމެނެ އެވެ.