Advertisement

ކޮވިޑުން ފަސޭހަވުމުން އާލިއާ އާއި ރަންބީރު ރާއްޖެ އަށް

20 އޭޕްރީލް 2021 - 15:24 0


ކޮވިޑުން ފަސޭހަވުމުން އާލިއާ އާއި ރަންބީރު ރާއްޖެ އަށް

20 އޭޕްރީލް 2021 - 15:24 0

މި ފަހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވި ބޮލީވުޑް ތަރިންގެ ތެރޭގައި ހިމެނޭ އާލިއާ ބަޓް އާއި ރަންބީރް ކަޕޫރު، އެ ދެމީހުންގެ ބަލި ރަނގަޅު ވުމުން ޗުއްޓީ ހޭދަކުރަން ރާއްޖެއަށް އައިސްފި އެވެ.

މިވަގުތު ރާއްޖޭގައި މި ދެ ތަރިންގެ އިތުރުން ސާރާ އަލީ ހާން އާއި އޭނާގެ މަންމަ އަމްރިތާ ސިންގް އަދި ދިޝާ ޕާޓްނީ ވެސް ހިމެނެ އެވެ. ޝްރައްދާ ކަޕޫރް ވެސް ވަނީ ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ވަނީ އެނބުރި ގައުމަށް ގޮސްފަ އެވެ.

ރަންބީރް އާއި އާލިއާ ރާއްޖެ އަންނަން އެއާޕޯޓަށް ގޮސް ތިއްބައި ނަގާފައިވާ ފޮޓޯ އެއް


ކޮވިޑް 19 ފެތުރުން ނޯތު އިންޑިއާގައި ކޮންޓްރޯލުން ނެއްޓި، މަހަރަޝްތުރަ އަށް ނިސްްބަތްވާ ހުރިހާ ސްޓޭޓެއް ލޮކްޑައުންކޮށްފައި ވާއިރު މިހާތަނަށް ބޮލީވުޑްގެ ގިނަ ތަރިން ތަކެއް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި މަނީޝް މަލޯތުރާ، ސަމީރާ ރެއްޑީ، ސޯނޫ ސޫދު އަރުޖުން ރާމްޕާލް އަދި ރޭނުކާ ޝަހާނީ ހިމެނެ އެވެ.

ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ގައުމު އޮއްވައި ތަރިން އެކި ދިމަދިމާލަށް ޗުއްޓީއަށް ދާތީ ބޮލީވުޑަށް މިދުވަސްކޮޅު ވަނީ އެތައް ބައެއްގެ ފާޑު ކިޔުން ވެސް އަމާޒުވެފަ އެވެ.