Advertisement

ނެޓްފްލިކްސް އިން ކުދިންނަށް ދައްކަންވީ ކިޔެވުމާ ގުޅޭ 5 ޝޯ

18 އޭޕްރީލް 2021 - 15:43 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ނެޓްފްލިކްސް އިން ކުދިންނަށް ދައްކަންވީ ކިޔެވުމާ ގުޅޭ 5 ޝޯ

18 އޭޕްރީލް 2021 - 15:43 0

ނެޓްފްލިކްސްގެ ވާހަކަ ދައްކައިފި ނަމަ އެންމެ ފަސޭހައިން ހިޔާލަށް އަންނާނީ ކޮންމެވެސް ފިލްމެއް ނުވަތަ ސީރީޒެއްގެ ވާހަކަ އެވެ. އެކަމަކު މި ބިޔަ ޕްލެޓްފޯމެއްގައި ކުޑަކުދިން ބަލައިލަން ވެސް ސަޅި އޮރިޖިނަލް ކޮންޓެންޓު ތަކެއް އެބަހުއްޓެވެ. ނާސަރީ އުމުރުން ފެށިގެން ޕްރައިމަރީ ފަށަން ތައްޔާރުވާ އުމުރުގެ ކުދިންނަށް ތައުލީމީ ގިނަ މައުލޫމާތުތަކެއް ލިބޭ ކޮންޓެންޓު މުއްސަނދި ޝޯތަކެއް މީގެ ތެރޭގައި ހިމެނެ އެވެ.

ކުދިންނަށް ސްކްރީން ޓައިމް ލިމިޓް ކޮށްފައި ދޭން ވިސްނާއިރު ކޭބަލް ޓީވީ އިން އަބަދު ކާޓުން ޝޯތައް ދެއްކުމުގެ ބަދަލުގައި އާއިލާ އެކުގައި ކިޔެވުމާ ގުޅޭ މަޖާ ޝޯއެއް ބަލައިލުމުން އެ ވަގުތުކޮޅު މާ ފައިދާ ބޮޑު ވަގުތުކޮޅަކަށް ހަދައިލެވޭނެ އެވެ.

އެހެންވީމާ ވޮޗް ލިސްޓެއް މިފަހަރު މި ދޫކޮށްލަނީ ފިލްމު ބަލާ މީހުންނަކަށް ނޫނެވެ. މި ހިމަނާލަނީ ބެލެނެވެރިންނާއި ކުދިން އެކުގައި ބަލައިލަން ނެޓްފްލިކްސް އިން ހޮވައިލި ކިޔެވުމާ ގުޅޭ އެންމެ ސަޅި ފަސް ޝޯ އެވެ.

ވަފްލްސް + މޮޗީ

މި ޝޯގައި ދައްކަނީ ފައިދާ ހުރި ކާނާ އާއި ތަފާތު ގައުމުތަކުގެ ސަގާފަތްތަކާއި ކެއުންތަކާއި ބެހޭގޮތުން ދަސްކުރާ ހިތްވާ ވަރަށް ކިއުޓު މަޕެޓް ތަކެކެވެ. މަޖާ ކުޑަކުދިންގެ ލަވަތަކާ އެކު މިޝޭލް އޮބާމާ އާއި މަޝްހޫރު ހޮލީވުޑް ސެލެބްރިޓީންނާއި މަޝްހޫރު ޝެފުން ވެސް މި ޝޯއިން ފެންނާނެ އެވެ.

މިއީ ބޮޑެތި މީހުން ވެސް ފޫހި ނުވެ ކުދިންނާ އެކު ބަލައިލަން މަޖާ، ޝައުގުވެރި ޝޯ އަކަށް ވާނެ އެވެ.

https://www.youtube.com/watch?v=PS4EGZJLNLs


އާސްކް ދަ ސްޓޯރީ ބޮޓްސް

މި ޝޯ ބަލާ ކުދިންނާއި މަންމައިންގެ މެދުގައި އެންމެ މަގުބޫލީ މިއިން ގެނެސްދޭ ރީތި ނާސަރީ ލަވަތަކެވެ. މި ޝޯގައި ދައްކަނީ ދިރިއުޅުމުގެ އެކި ކަންކަމާ ބެހޭގޮތުން ވަރަށް ގިނަ ސުވާލުތަކެއް ހުންނަ ފަސް ރޮބޮޓެވެ. މި ރޮބޮޓްސް ތައް ބޭނުންވަނީ ޝޯއަށް އަންނަ މެހެމާނުންގެ ފަރާތުން އެ އެއްޗިހި ތައް ކުރަން ބޭނުންވާ ސުވާލުތަކުގެ ޖަވާބު ހޯދާށެވެ.

https://www.youtube.com/watch?v=V7LujTHJINw


ބިލް ނާއި ސޭވްސް ދަ ވޯލްޑް

މަޝްހޫރު ސައިންޓިސްޓް އަދި ޝަރަފުވެރި އެމީ އެވޯޑު ހާސިލްކޮށްފައިވާ ޝޯ ހުށަހެޅުންތެރިޔާ، ބިލް ނާއި އޭނާގެ މި ޝޯވް ގައި ސައިންސްގެ އެކި ޓޮޕިކްތައް ކުދިން ޝައުގުވެރި ވާ ގޮތްގޮތަށް ގެނެސްދެ އެވެ. މިއީ ޕްރައިމަރީ ގްރޭޑްތަކުގެ ކުދިންނަށް މުހިއްމު ގިނަ މައުލޫމާތުތަކެއް ލިބޭނެ ޝޯވް އަކަށް ވާނެ އެވެ.

https://www.youtube.com/watch?v=g-_HKOcYBK8


ޔޫ ވާސަސް ވައިލްޑް

މިއީ ވީޑިއޯ ގޭމް ސްޓައިލަށް ކުރިއަށް ގެންދާ ޝޯ އެކެވެ. މި ޝޯގައި ކުދިންނަށް ޝޯ ހުށަހަޅައިދޭ ބެއާ ގްރިލްސް އަށް ސަވައިވަލް ޑިސިޝަން ތައް ނަގަން އެހީތެރި ވެވޭނެ އެވެ. މިކަހަލަ އިންޓަރެކްޓިވް ޝޯއަކަށް ކުދިން ވަރަށް ޝައުގުވެރިވާނެ އެވެ.

https://www.youtube.com/watch?v=pwcr3cc0LZM


ލާމާ ލާމާ

ކުޑަކުދިންގެ މަޝްހޫރު ވާހާކަ ފޮތް ސީރީޒް، "ލާމާ ލާމާ" ގެ ފޮތްތަކުގެ ކޮންޓެންޓަށް ބޭސްކޮށްފައިވާ މި އެނިމޭޓެޑް ސީރީޒްގެ ކޮންމެ އެޕިސޯޑަކުން ވެސް ކުދިންނަށް ޝައުގުވެރި އެތައް މައުލޫމާތުތަކަކާއި ފިލާވަޅުތަކެއް ލިބިގެން ދާނެ އެވެ. މި ޝޯގައި އުޅޭ ވިސްނުންތެރި މަންމަ ލާމާ ކެރެކްޓާގެ އަޑު އަޅާފައިވަނީ ޖެނިފާ ގާނާ އެވެ.

https://www.youtube.com/watch?v=hdfdWeaBxFY