Advertisement

އެކްޓްރެސް ސިއޯ ޔެޖީ އަށް ތުހުމަތަކަށް ފަހު ތުހުމަތެއް

18 އޭޕްރީލް 2021 - 13:41 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


އެކްޓްރެސް ސިއޯ ޔެޖީ އަށް ތުހުމަތަކަށް ފަހު ތުހުމަތެއް

18 އޭޕްރީލް 2021 - 13:41 0

މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން ކޭ-ޑްރާމާ، "އިޓްސް އޯކޭ ޓު ނޮޓް ބީ އޯކޭ" ގެ ތަރި ސިއޯ ޔެޖީ އަށް، އެ ޑްރާމާގައި އޭނާ ދެއްކި މޮޅު އެކްޓިންގެ ސަބަބުން ބޮޑު މަޝްހޫރުކަމެއް ލިބިގެން ދިޔަ އެވެ. ޑްރާމާއިން ލިބުނު މަޝްހޫރުކަމާ އެކު ސިއޯ އަށް ގިނަ އެކްޓިން ޕްރޮޖެޓް ތަކެއް ވެސް ލިބެމުން ދަނިކޮށް، މީޑިއާއަށް ތިލަވި އަހުލާގީ މައްސަލަތަކަކާ އެކު އޭނާގެ ކެރިއަރު މިހާރު އޮތީ ގާތްގަނޑަކަށް ހުއްޓިފަ އެވެ.

ސިއޯގެ މައްޗަށް ކުރާ ބައެއް ތުހުމަތު ތަކުގެ ތެރޭގައި ރައްޓެހިވެގެން އުޅުނު ކުރީގެ ލޯބިވެރިޔާއަށް ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެން ގެންގުޅުމާއި ސްޓާފުންނާ ދޭތެރޭ ހުތުރު ބަހުން ވާހަކަދައްކައި އިންޒާރު ދިނުން ކަހަލަ ގިނަ މައްސަލަ ތަކެއް ހިމެނެ އެވެ.

މި އަޑުތައް އަރަން ފެށިތާ ކުރީކޮޅު، ލީޑު ރޯލަށް އޭނާ ކާސްޓުކުރި "ދަ އައިލަންޑް" ނަމަކަށް ކިޔާ ކޮރެއާ ޑްރާމާއިން ވަނީ އަލުން އެ ޑްރާމާއަށް އެކްޓަރުން ކާސްޓު ކޮށްފަ އެވެ. އަލަށް ސާކްޓު ކުރި މެންބަރުންގެ ތެރޭގައި ސިއޯ ނުހިމެނެ އެވެ. އޭގެ ފަހުން އޭނާ އާއި އެކު ސޮއިކުރި ބައެއް އެޑް އޭޖެންސީ ތަކުން ވެސް ވަނީ ކޮންޓްރެކްޓް ތައް އުވާލައިފަ އެވެ.

މި ހުރިހާ ތުހުމަތު ތަކެއްގެ ތެރޭގައި ސިއޯ ހޫނު ފެނަށް ވެއްޓިފައި އޮއްވާ އިތުރަށް މި ހުޅުގަނޑެއް ފަޅައިގެން ދިޔައީ ސަކޫލު ދައުރުގައި ވެސް އޭނާ ކުދިން ތަކަކަށް ބުލީކޮށް އުޅުނު ކަމަށް ބުނެ ފެތުރިގެން އުޅޭ އަޑުތަކަކާ އެކު އެވެ.

ސިއޯގެ ކުރީގެ ލޯބިވެރިޔާ އަކީ ކޮރެއާ ފޭނުންގެ މެދުގައި އެންމެ މަޝްހޫރު އެއް ފިރިހެން ތަރި ކިމް ޔޫން ޖިން އެވެ. ކިމްއާ ސިއޯ ރައްޓެހިވެގެން އުޅުނު އިރު އެ ދެމެދުގައި ޓޮކްސިކް ގުޅުމެއް އޮތްކަން ފަޅާ އަރާފައިވަނީ އެ ދެމީހުންގެ ޓެކްސްޓް މެސެޖުތަކެއް ލީކުވެގެންނެވެ. އޭގެ ފަހުން ކިމް ވަނީ، ޑިޕްރެޝަން އާއި ނަފްސާނީ މައްސަލަތަކެއްގެ ތެރޭގައި އުޅޭތީ ކަމަށް ބުނެ މަސައްކަތުން ވެސް ބްރޭކެއް ނަގާފަ އެވެ.