Advertisement

ޓީ ޖެޓީން ރޯދަ ވީއްލައިގެން ނަސީބުވެރި ފަރާތަކަށް އުމްރާ ދަތުރެއް

17 އޭޕްރީލް 2021 - 22:18 0

އަމަން ހަލީމް

އަމަން ހަލީމް


ޓީ ޖެޓީން ރޯދަ ވީއްލައިގެން ނަސީބުވެރި ފަރާތަކަށް އުމްރާ ދަތުރެއް

17 އޭޕްރީލް 2021 - 22:18 0

މި ރޯދަ މަހު "ޓީ ޖެޓީ"ން ރޯދަ ވީއްލާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ޓީ ޖެޓީގެ މި އަހަރުގެ އިފްތާރް މެނޫގައި ދެ އޮޕްޝަނެއް ހިމެނޭ އިރު ދެ އޮޕްޝަނުގައި ވެސް ހެދިކާ، މަސްހުނި އަދި މެއިން ޑިޝްތަކުގެ އެކި ބާވަތްތައް ހިމެނެ އެވެ. އަދި ޖޫހާއި ސައި/ ކޮފީ ހިމެނެ އެވެ.

ރޯދަ ވީއްލުމަކަށް ބޮލަކަށް ޖެހޭ އަގަކީ 150ރ. އެވެ.

ޓީ ޖެޓީން ރޯދަ ވީއްލާ ފަރާތްތަކުގެ އިތުރުން، ރޯދަ މަހު 100ރ. އިން މަތީގެ ހުރިހާ ބިލަކާއި އެކު މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކެފޭއިން މައުލޫމާތު ދެ އެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ މި ހިނގާ އޭޕްރިލް 5 އިން ފެށިގެން ޖޫން 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޓީ ޖެޓީން ބުނީ ދުރާލާ ފޯނުން ގުޅާލައިގެން ރޯދަ ވީއްލަން ބުކިން ހެއްދޭނެ ކަމަށެވެ. އަދި ގޭގައި ތިއްބަވައިގެން ރޯދަ ވީއްލަން ބޭނުންވާ ފަރާތްތަކަށް ޑެލިވަރީގެ ހިދުމަތް ލިބޭނެ ކަމަށް ބުންޏެވެ.