Advertisement

ނޫޑްލްސް ކަޓްލެޓްސް

15 އޭޕްރީލް 2021 - 17:02 0

ނޫޑްސް ކަޓްލެޓްސް


ނޫޑްލްސް ކަޓްލެޓްސް

15 އޭޕްރީލް 2021 - 17:02 0

ބޭނުންވާތަކެތި

  • 2 ޖޯޑު ކައްކާ މުގުރާފައި އި ހުރި ނޫޑްލްދް
  • 1 ޖޯޑު އަލުވި ފެނުކައްކާ މޮޑެފައި
  • 1 ދަޅު ފަސްމީރު މަސް
  • 1 ސައި ސަމުސާބައި ލޮނުމެދު ޕައުޑަރ
  • 1/2 ޖޯޑު ހަނާކޮށް މުގުރާފައި ހުރި ޕީނަޓް
  • 3 ފަޅި ލުނބޯ
  • 2 ފިޔާ ( ހިމުންކޮށް ކޮށާފައ)
  • 1 ސައިސަމުސާ މުގުރި އަސޭމިރުސް
  • 1 ފަޅި ގިތެޔޮ މިރުސް ( ހިމުންކޮށް ކޮށާފައި)
  • 1 ޖޯޑު މުގުރި ފާރޮށި
  • 3 ބިސް ( ގިރާފައި)
  • 2 ހިކަނދިފަތް ( ވަރަށް ހިމުންކޮށް ކޮށާފައި)
  • ލޮނުކޮޅެއް
  • ތެޔޮ

ތައްޔާރުކުރާނެގޮތް

  1. ތަވާ އުނދުން މައްޗަށް އުދާލާށެވެ.
  2. ކުޑަ ތެޔޮފޮދެއް އަޅާފައި ހޫނުވުމުން ފިޔާ، މިރުސް، ހިކަނދިފަތް އެއްކޮށް އަޅާލާފައި ފިޔާކޮޅު މޯޅި ވީމާ އުނދުންމަތިން ބާލާށެވެ.
  3. ކުޑަކޮށް ހިހޫވުމުން، ބިހާއި ފާރޮށީ ކުނޑި ފިޔަވައި ބާކީހުރި ހުރިހާ ބާވަތްތައް އެއްކޮށް އަޅާލާފައި ގުޅަވަށާލެވޭވަރަށް ރަނގަޅަށް މޮޑެލާށެވެ.
  4. ދެން ވަށްކޮށް ގުޅަގުޅަހަދާފައި އޮމާން ކޮށްފައި ކުޑަކޮށް ފަތާކޮށްލާށެވެ.
  5. ބޭނުމިއްޔާ އަތް ތިލަ މަތީގައި ބާއްވާފައި ހާޓެއްގެ ޝޭޕަށް ވެސް ތައްޔާރު ކޮށްލެވިދާނެ އެވެ. ނުވަތަ ގިރާފައިހުރި ބިހުގެ ތެރެއަށްލާފައި ބޭރުގައި ފާރޮށި ކުނޑި ހާކާފައި ބަހައްޓާށެވެ. ނުވަތަ ފާރޮށްޓާއި ބިހުގެ ބަދަލުގައި ފުށްކޮޅެއް އޮލަކޮށް ގިރާފައި ބޭރުގައި ފުށަށް ލާފައި ވެސް ތެލުލެވިދާނެ އެވެ.
  6. ތަވާ އުނދުންމައްޗަށް އުދާލާފައި ތެޔޮ އަޅާފައި ކެކިގަތުމުން ކަޓްލެޓްސް ތައް ތެލުލާށެވެ.

ރެސިޕީ ތައްޔާރުކުރީ: ޖުވައިރިޔާ ވަޖުދީ