Advertisement

ކެމްޕެއިނުން ލޯބިވެވި، ކައިވެންޏާއެކު އިންތިހާބުގައި ވެސް ކާމިޔާބު!

12 އޭޕްރީލް 2021 - 15:41 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ހޮޅުދޫ ކައުންސިލަށް އިންތިހާބުވި ދެމަފިރިން: ލޯބި އުފެދުނީ ކެމްޕެއިންގެ ތެރެއިން--


ކެމްޕެއިނުން ލޯބިވެވި، ކައިވެންޏާއެކު އިންތިހާބުގައި ވެސް ކާމިޔާބު!

12 އޭޕްރީލް 2021 - 15:41 0

ނ. ހޮޅުދޫ ކައުންސިލަށް ކުރިމަތިލައިގެން އުޅުމުގެ ތެރެއިން ލޯބި ވެވި، ކައިވެނި ކުރި ދެމަފިރިއަކު އެ ރަށު ކައުންސިލަށް އިންތިހާބު ވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރި އެ ދެމަފިރިންގެ ތެރެއިން މަރިޔަމް ވަހީދާ ކައުންސިލް ގޮނޑި ކާމިޔާބު ކުރީ 728 ވޯޓުންނެވެ. މުހައްމަދު އަލީ ގޮނޑި ކާމިޔާބު ކުރީ 609 ވޯޓުންނެވެ.

އޭގެ ތެރެއިން މަރިޔަމް ވަހީދާ، "އަދަދު" އަށް ވިދާޅުވީ އެ ދެ މީހުންނަކީ ކުރިން ވެސް ރައްޓެހިން ކަމަށާއި މި ފަހުން ގުޅުން ބަދަހިވީ ކެމްޕެއިންގެ ތެރެއިން ކަމަށެވެ. އެ ދެ މީހުން ލޯބީގެ ގޮތުން ގުޅުނުތާ ދެ މަސްވީއިރު ކައިވެންޏަށް އަދިވީ މަހެކެވެ.

"ދެން ވަރަށް ދުވަސް ވެއްޖެތާ ދެއްތޯ މި އިންތިހާބަށް. ފުރަތަމަ ކުރިމަތިލިއިރު އެކަހަލަ ކަމެއް ނެތް. ވަރަށް ފަހަކުން މިކަން ވީ،" ހީލާފައި މަރިޔަމް ވިދާޅުވި އެވެ.

އެ ދެ މީހުން ވެސް ކުރިން އެހެން ކައިވެންޏެއް ކޮށްފައިވާއިރު އެ ކައިވެންޏަށް ދަރިން ތިބެ އެވެ.

މަރިޔަމް ވިދާޅުވީ އިންތިހާބާ ދިމާކޮށް ކައިވެނި ކުރި ނަމަވެސް ރައްޔިތުން އެކަން މައްސަލައަކަށް ނުބަލާ ކަމަށެވެ. ދެމަފިރިން ނަމަވެސް ކައުންސިލްގައި މަސައްކަތް ކުރާނީ އެކަކު އަނެއްކަކަށް ޕްރެޝަރުނުކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކައުންސިލަށް ނުކުންނަނީ ރައްޔިތުންނަށް ހިދުމަތް ކުރަން. ފިރިމީހާ ވިޔަސް އަޅުގަނޑަށް ވެސް އަމިއްލަ އިހުތިޔާރުގައި މަސައްކަތް ކުރާނީ،" މަރިޔަމް ވިދާޅުވި އެވެ.

މިއީ މަރިޔަމް ސިޔާސީ ދާއިރާއަށް ނުކުތް ފުރަތަމަ ފަހަރެވެ. އޭނާ ފިރިމީހާ ވަނީ 2014 ވަނަ އަހަރު އަތޮޅު ކައުންސިލްގެ މެމްބަރުކަން ކުރައްވައިފަ އެވެ.