Advertisement

އިތުރު ފީއަކާ ނުލާ އެމްއައިބީ ވިސާ ކާޑު ހުރިހާ ޕީއޯއެސް މެޝިންތަކުން ބޭނުން ކުރެވޭ

8 އޭޕްރީލް 2021 - 14:58 0

އަމަން ހަލީމް

އަމަން ހަލީމް

އެމްއައިބީ އެވްރީޑޭ ބެނެފިޓްސް ކާޑު: މި ވިސާ ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓްތަކާއި އެހެން އޮފާތައް ލިބޭ. -- ފޮޓޯ: މޯލްޑިވްސް އިސްލާމިކް ބޭންކް


އިތުރު ފީއަކާ ނުލާ އެމްއައިބީ ވިސާ ކާޑު ހުރިހާ ޕީއޯއެސް މެޝިންތަކުން ބޭނުން ކުރެވޭ

8 އޭޕްރީލް 2021 - 14:58 0

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ވިސާ ޑެބިޓް ކާޑު ހުރިހާ ބޭންކެއްގެ ޕީއޯއެސް މެޝިންތަކުން އިތުރު ޗާޖަކާ ނުލޭ ބޭނުން ކުރެވޭނެ ކަމަށް އެ ބޭންކުން މައުލޫމާތު ދީފި އެވެ.

އަލަށް ތައާރަފުކުރި އެމްއައިބީ ވިސާ ޑެބިޓް ކާޑާ ގުޅޭގޮތުން އެ ބޭންކުން މައުލޫމާތު ދެމުން ބުނީ، ޕީއޯއެސް މެޝިން މެދުވެރިކޮށް ހިންގާ އެއްވެސް ޓްރާންސެކްޝަނަކުން އިތުރު ޗާޖެއް ނުނަގާނެކަމަށެވެ.

މި ކާޑުގައި ހިމެނޭ "އެވްރިޑޭ ބެނެފިޓްސް"ގެ ދަށުން، ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ މީހުންނަށް ހާއްސަ ޑިސްކައުންޓްތަކާއި އޮފާތައް ލިބެ އެވެ.

އެމްއައިބީ ވިސާ ކާޑަކީ ކޮންޓެކްޓްލެސް، ސެކިޔޯ ޗިޕް ޕޭމަންޓް ޓެކްނޮލޮޖީ ބޭނުން ކޮށްގެން ހަދާފައިވާ ކާޑެކެވެ.

ޕީއޯއެސް މެޝިންތަކުން އިތުރު ފީއެއް ނުނެގި ނަމަވެސް، އެހެން ބޭންކުތަކުގެ އޭޓީއެމް މެޝިންތައް ބޭނުން ކުރާނަމަ އެ ބޭންކުތަކުން ފީއެއް ނަގާނެ އެވެ.