Advertisement

ތައުރީފުކުރަން ބޮޑެތި ތަރިން ވެސް ގުޅަނީ ސިއްރުން: ކަންގަނާ

8 އޭޕްރީލް 2021 - 09:30 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ތައުރީފުކުރަން ބޮޑެތި ތަރިން ވެސް ގުޅަނީ ސިއްރުން: ކަންގަނާ

8 އޭޕްރީލް 2021 - 09:30 0

ތަލައިވީގައި ދެއްކި ހުނަރަށް ތައުރީފު ކުރަން މަޝްހޫރު އެކްޝަން ތަރި، އަކްޝޭ ކުމާރު ވެސް ގުޅި ކަމަށާއި ބޮލީވުޑް ކޮންޓްރޯލްކުރާ ނުފޫޒުގަދަ މީހުންނަށް ބިރުން އެފަދަ ބޮޑެތި ތަރިން ވެސް ގުޅައި މެސެޖުކޮށް ހަދަނީ ސިއްރުން ކަމަށް ކަންގަނާ ބުނެފި އެވެ.

ކަންގަނާ އަކީ އޭނާގެ ޖެހިލުމެއް ނެތް ވާހަކަތަކުން އެތައް ފަހަރަކަށް ހޫނުފެނަށް ވެއްޓި، ކޮންމެ ފަހަރަކުވެސް އޭނާގެ ހުނަރުގެ މޮޅުކަން ދައްކައިގެން އިންޑަސްޓްރީގައި ފައިތިލަ ވަރުދަގަ ކުރަމުން އަންނަ ބަތަލާ އެކެވެ.

އަމިއްލަ އުފަންދުވަހާ ދިމާކޮށް ކަންގަނާ ނެރުނު އޭނާގެ ފިލްމު "ތަލައިވީ" ޓްރިލާ އަކީ އެތައް ލައްކަ ބަޔަކު ބެލި، އެއަށް ތައުރީފު އޮހެމުން އަންނަ ޓީޒާ އެކެވެ. ދެކުނު އިންޑިއާގެ ސިޔާސީ މަސްރަހު ބަދަލުކޮށްލި ވަރުގަދަ ސިޔާސީ ލީޑަރު، ޖަޔާ ލަލިތާގެ ހަޔާރތުގެ މުހިއްމު ހާދިސާތަކެއް ދައްކުވައިދޭ "ތަލައިވީ" ގައި ޖަޔާ ލަލިތާގެ ރޯލު ކަންގަނާ ކުޅެފައިވާލެއް ފުރިހަމަކަމުން އެތައް ހާސް ބަޔަކު ވަނީ ޓުވިޓާގައި ވެސް އޭނާ އަށް ތައުރީފުކޮށްފަ އެވެ. މަދުން ނަމަވެސް ބޮލީވުޑްގެ ބައެއް ފިލްމު ޕްރޮޑިއުސަރުން ވެސް ވަނީ އޭނާއަށް ތައުރީފުކޮށްފަ އެވެ. އެކަމަކު ކަންގަނާ އާއި "ދެކޮޅު" ބޮލީވުޑްގެ ގިނަ ތަރިން އަދިވެސް ތިބީ ޒާތެއްގެ ބޮއިކޮޓެއްގަ އެވެ.

https://www.youtube.com/watch?v=lKW0PuVIL9w&t=1s


ތަލައިވީ އަށް ތައުރީފުކުރަން އިންޑަސްޓްރީގެ އެންމެ މޮޅު އެއް އެކްޓަރު، އަކްޝޭ ކުމާރު ގުޅި ކަމަށް ބުނެ ކަންގަނާ ކުރި ޓުވީޓެއްގައި އޭނާ ބުނީ، އިންޑަސްޓްރީގައި އޭނާއަށް ނުރުހުން އޮތް ވަރުން، އޭނާ އަށް ތައުރީފު ކުރާ މީހުންނަށް ވެސް ބިރު އެބަ އޮތް ކަމަށެވެ. އެ ބިރަށް، ބޮޑެތި މޮޅު ތަރިން ވެސް އެމީހުންގެ ތައުރީފު ފޮނުވައި ހަދަނީ ސިއްރުން ކަމަށެވެ.

1379829603422728192


ކަންގަނާ ބުނީ، އޭނާގެ ސިޔާސީ ވިސްނުމާއި، އަމިއްލަ ދިރިއުޅުމުގައި ކުރާ ކަންކަމަކީ އޭނާގެ ހުނަރަށް ތައުރީފުކުރަން ހުރަހަކަށް ވެގެން ނުވާނެ ކަމަށެވެ. ބޮލީވުޑްގެ ވިސްނުން މިހާރު އޮތް ވަރަށްވުރެ ތަހުޒީބު ވާނެ ދުވަހެއް ފެނުމަކީ އުންމީދެއް ކަމަށް ވެސް އޭނާގެ ޓުވީޓުގައި ބުނެފައިވެ އެވެ.

"އިންޑަސްޓްރީ ތެރޭގައި ތަފާތުކުރުމާއި ވިހަކަން ގަދަވެފައި އޮތް ވަރަކީ، އާލިއާ އާއި ދީޕިކާ ފަދަ ތަރިންގެ ފިލްމުތަކަށް ތައުރީފުކޮށް ހެދޭއިރު މީހުންގެ މެދުގައި އަހަރެންގެ މަސައްކަތަކަށް ތައުރީފުކުރަން ނުކެރޭ ކަން،" ކަންގަނާ ބުންޏެވެ.

ތަލައިވީގެ މޮޅު ކަމުގެ އަޑު ގަދަވެ، ފޭނުން ބަލާލަން ކެތް މަދުވެފައި ތިބި މި ފިލްމު ރިލީސް ކުރަން ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.