Advertisement

އެސްއެމްއީތަކަށް ދޫކުރާ ލޯނުގެ ޝަރުތު ލުއިކޮށްދޭން ބޭންކްތަކުގައި އެދެނީ

19 އޭޕްރީލް 2021 - 16:11 0

އަމަން ހަލީމް

އަމަން ހަލީމް

ބީއެމްއެލްގެ އޭޓީއެމްއެއް ކައިރީ މީހަކު: މިހާރު ހުރި ޝަރުތުތަކުގެ ސަބަބުން ބައެއް ވިޔަފާރިތަކަށް ލޯނު ނުލިބޭ މައްސަލައިގެ ޝަކުވާ ބޮޑު -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


އެސްއެމްއީތަކަށް ދޫކުރާ ލޯނުގެ ޝަރުތު ލުއިކޮށްދޭން ބޭންކްތަކުގައި އެދެނީ

19 އޭޕްރީލް 2021 - 16:11 0

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކުގެ ޝަރުތުތައް ލުއިކުރަން ބޭންކުތަކުގައި އެދެން ރައްޔިތުންގެ މަޖިލިހުގެ ތަޅުމަށް ހުށައަޅަން އެސްއޯއީ ކޮމިޓީން ނިންމައިފި އެވެ.

އެސްއެމްއީތަކާ ގުޅިގެން އެސްއޯއީ ކޮމިޓީން ބަލަމުންދާ މައްސަލައިގެ ރިޕޯޓުގައި މިގޮތަށް ހުށައެޅީ މިހާރުގެ އިގުތިސޯދީ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީ ލިބޭނެ މަގު ފަހި ކުރުމުގެ ގޮތުންނެވެ. އަދި، ލޯނު ދޫކުރާ އިރު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ވިޔަފާރިތަކެއް ކަނޑައެޅުމަށް ފަހު އެ ވިޔަފާރިތަކަށް ލޯނު ދޫކުރުމުގެ ބޭނުމުގަ އެވެ.

ލޯނު ދޫކުރުމަށް ވީހާ ވެސް ލުއި މިންގަނޑުތަކެއް ކަނޑައެޅުމަށް އެދެން ނިންމާފައި ވަނީ ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގަ އެވެ. މި ދެ ބޭންކުގެ ކޮންޓްރޯލިން ޝެއާހޯލްޑަރަކީ ދިވެހި ދައުލަތެވެ.

ބޭންކުތަކުން ލުއި ދޭއިރު، ކޮވިޑް-19 ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން އަސަރުކުރި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބޭނެ ފަދަ ގޮތަކަށް ޝަރުތުތައް ލުއި ކުރަން ހުށައަޅަން ވެސް އެސްއޯއީ ކޮމިޓީން ނިންމި އެވެ.

އޭގެ ތެރޭގައި ބަލިމަޑުކަމުގެ ހާލަތުގެ ކުރިން ރަނގަޅަށް ހިނގަމުން ދިޔަ ވިޔަފާރިތަކަށް ލޯނު ލިބޭނެ ގޮތްތަކެއް ހޯދައި ދިނުން ހިމެނެ އެވެ. ކޮމިޓީގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި، މިހާރު ބޭންކުން ކަނޑައަޅާފައުވާ ޝަރުތުތަކުގެ ސަބަބުން ވިޔަފާރިތަކަށް ލޯނުތައް ލިބުމުގައި ދަތިތަކެއް ކުރިމަތި ވާނެ ކަމަށް ގިނަ މެމްބަރުން ފާހަގަ ކުރި އެވެ.

ލޯނު ޝަރުތުތައް ލުއިކުރުމުގެ އިތުރަށް، އެސްއެމްއީތަކަށް އެހީތެރިވުމުގެ ގޮތުން އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ނަގާފައިވާ މީހުންނަށް ރީ-ފައިނޭންސް ކުރުމުގެ ފުރުސަތު ދިނުމަށާއި، އިންކިއުބޭޓާ ފެސިލިޓީ އަދި ކޯ-ވޯކް ސްޕޭސް ގާއިމު ކުރުމަށާއި، އެސްއެމްއީތަކަށް އެހީތެރިވުމުގެ ސިޔާސަތުތައް އެސްއޯއީތަކުން ތަންފީޒު ކުރާ މިންވަރު ދެނެގަންނަން ހުށައެޅުމަށް ވެސް ކޮމިޓީން ވަނީ ނިންމައިފަ އެވެ.