Advertisement

ބްރިޖަޓަން 2: ލީޑް އެކްޓަރު ރެގޭ ދެނެެއް ނުފެންނާނެ

6 އޭޕްރީލް 2021 - 08:55 0


ބްރިޖަޓަން 2: ލީޑް އެކްޓަރު ރެގޭ ދެނެެއް ނުފެންނާނެ

6 އޭޕްރީލް 2021 - 08:55 0

ނެޓްފްލިކްސްގައި ގިނަ ރެކޯޑުތަކެއް މުގުރާލި "ބްރިޖަޓަން" ސީރީޒްގެ ދެވަނަ ސީޒަން އިއުލާންކޮށްފައި ވަނިކޮށް ސީރީޒްގެ ފިރިހެން ތަރި ރެގޭ ޖާން ޕޭޖް އެ ޝޯ ދޫކޮށް ހިނގައްޖެ އެވެ.

އެކަމަކު ބްރިޖަޓަން އިން ބޮޑު މަޝްހޫރުކަމެއް ހޯދި ރެގޭ ޝޯ ދޫކޮށްލުމާއެކު ފޭނުންނަށް ލިބުނީ ބޮޑު ޝޮކެކެވެ.

ނެޓްފްލިކްސް އިން ނެރުނު އެންމެ ހިޓު އޮރިޖިނަލް ސީރީޒްތަކުގެ ލިސްޓުގެ އެއްވަނައިގައި މިހާރު ވެސް އޮތް ބްރިޖަޓަން ރިލީސް ކުރި ފުރަތަމަ މަހު އެކަނި ވެސް 80 މިލިއަން ގޭބިސީ އިން އެ ޝޯ ބަލާފައިވެ އެވެ. ރެގޭ މި ޝޯގައި ފެންނަނީ، ލީޑް ފިރިހެން ކެރެކްޓާ، ޑުކް އޮފް ހޭޝްޓިންގްސް، ސައިމަން ގެ ރޯލުންނެވެ.

ބްރިޓިޝް ރީޖެންސީ އެރާގެ ހިތްގައިމު ކަމާއި މުއްސަނދިންގެ މެދުގައި އޮންނަ ވާދަވެރި ބޯލް ނެށުން ތައް ފެނިގެންދާ ތާރީހީ ޑްރާމާ، ބްރިޖަޓަން އަކީ ހުރިހާ ގޮތަކުން ވެސް ފޭނުންނަށް ކަމުދިޔަ ސީރީޒެކެވެ.

https://www.youtube.com/watch?v=tsq36Z0lvEI


މިއީ ތާރީހީ ލޯބީގެ ވާހަކަތައް ލިޔުމަށް ކުޅަދާނަ ލިޔުންތެރިއާ، ޖޫލިއަން ކްއިން، ހަމަ މި ނަމުގައި ލިޔެފައިވާ ވާހަކަ ފޮތަށް ބިނާކޮށް، ކުޅަދާނަ ޑައިރެކްޓަރު ޝޯންޑާ ރައިމްސްގެ އަމިއްލަ ސްޓޫޑިއޯ، ޝޯންޑާ ލޭންޑުން ޑައިރެކްޓް ކުރާ ސީރީޒެކެވެ.

ރެގޭ ޝޯ ދޫކޮށް ދާ ހަބަރަށް ފޭނުންގެ ހިތްހަމަނުޖެހުން އަމާޒުވިޔަސް، ސީރީޒް ބޭސްކޮށްފައިވާ ފޮތް ކިޔާފައި ތިބި މީހުންނަށް މިއީ ސަޕްރައިޒަކަށް ނުވާނެ އެވެ. ކްއިންގެ ބްރިޖަޓަން ސީރީޒް ފޮތްބައިގެ ދެވަނަ ފޮތުގައި ޑުކް އޮގފް ހޭޝްޓިންގް ގެ ވާހަކަ ގާތްގަނޑަކަށް އެއްފަރާތް ކޮށްލާފައި ބޮޑަށް ފޯކަސް ކުރަނީ ބްރިޖަޓަން އާއިލާގެ ދޮށީ ފިރިހެން ދަރިފުޅުގެ ދިރިއުޅުމުގައި ހިނގާ ކަންތައްތަކެއްގެ މައްޗަށެވެ.

ދެވަނަ ސީޒަން ފޯކަސް ކުރާނީ ވިސްކައުންޓް ބްރިޖަޓަން ގެ ހަޔާތުގައި ހިނގާ ކަންތައްތަކަށް


އެހެންވީމަ، ރެގޭ މުޅިން ޝޯ ދޫކޮށްފައި ދަނީ އެއް ނޫނެވެ. "އޮން ސްކްރީނުން ނުފެނުނަސް، ސައިމަން އަބަދުވެސް ވާނީ ބްރިޖަޓަން އާއިލާގެ މެންބަރަކަށް،" ކަމަށް ޝޯ އިން ފޭނުންނަށް ދޫކޮށްލި ނޯޓުގައި ބުނެފައިވެ އެވެ.