Advertisement

ހުދު ސްނީކާސް ތި ދޮންނަނީ ރަނގަޅަކަށް ނޫން!

3 އޭޕްރީލް 2021 - 09:34 1

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ހުދު ސްނީކާސް ތި ދޮންނަނީ ރަނގަޅަކަށް ނޫން!

3 އޭޕްރީލް 2021 - 09:34 1

އައިސް ބްލޫ ޖީންސަކާއި އަލި ކުލައެއްގެ ޓީޝާޓަކާއި އެކު އަރައިގެން އުޅެން ފަސޭހަ ސްނީކާސް ދުވަހަކު ވެސް ފެޝަނުން ވެއްޓިގެން ނުދާނެ އެވެ. މިއީ ދެ ޖިންސުގެ މީހުންނަށް ވެސް އެންމެ ސަޅިކޮށް އެންމެ ފަސޭހައިން ފޮލޯ ކޮށްލެވޭނެ ކެޝުއަލް ލޫކް ވެސްމެ އެވެ. އެކަމަކު މި ލޫކް އެއް އެންމެ ފުރިހަމަ ވާނީ ހުދު ކުލައިގެ ސްނީކާ އަކާ އެކު ޑްރެސް ކޯޑު މެޗު ކޮށްލުމުންނެވެ.

ހުސް ހުދު ސްނީކާ ކިތަންމެ ރީއްޗަސް، އާންމުކޮށް އަރައިގެން އުޅެން ހުދުކުލަ ގަންނަން ބިރުގަންނަ މީހުން އުޅޭނެ އެވެ. ހުދު ބޫޓުގައި ފަސޭހައިން ކުނި މިލަ ހޭކޭނެ އެވެ. ހޭކޭ ކޮންމެ އެއްޗެއް ފެންނަން ހުންނާނެ އެވެ. އެކަމަކު މިއީ ކުނި ޖެހިދާނެތީ ބިރުން ދޫކޮށްލަންވާ ވަރަށްވުރެ މާ މަގުބޫލު ފެޝަން ޓްރެންޑެކެވެ.

މި އޮތީ ހުދުކުލައިގެ ސްނީކާސް ދޮންނަން އުނދަގޫވެގެން އުޅޭ ކުދިންނަށް ހާއްސަ ޓިޕްސްކޮޅެކެވެ.

މިއަށް މާ ބޮޑު ރެސިޕީއެއް ބޭނުމެއް ނުވެ އެވެ.

ބޭނުންވަނީ ބޭކިންސޯޑާ އާއި އޯމޯ!

ބޭކިން ސޯޑާ އާއި އޯމޯ ނުވަތަ ގޭގައި އާންމުކޮށް ބޭނުންކުރާ ވައްތަރެއްގެ ދޮންނަކުނޑިން މިންވަރެއް އެއްކޮށްލާށެވެ. ދެން ދަތް އުނގުޅާ ބުރުހެއް ބޭނުންކޮށްގެން އޯމޯ ޕޭސްޓް ބޫޓުގައި ރަނގަޅަށް އުގުޅާލުމަށްފަހު އިރުގަނޑެއް ވަންދެން ބައިދާލާށެވެ. ފަސް ވަރަކަށް ގަޑި އިރު ރަނގަޅު ވާނެ އެވެ. އެއަށްފަހު ރީތި ފެނުން ބޫޓު ދޮވެފައި އޯމޯކަން ފިލަންދެން ރީތިކޮށް ފެންލާށެވެ. އަދި ބޫޓު ރަނގަޅަށް ހިކުމުން ބޫޓުގެ އެތެރެއަށް ކުޑަ ބޭބީ ޕައުޑަރު ކޮޅެއް ބުރުވާލާށެވެ. އޭރުން ބޫޓުގައި ނުބައި ވަހެއް ހުއްޓަސް ފިލުވާލަދޭނެ އެވެ.

https://www.youtube.com/watch?v=NLKAIh7CrE8


މިގޮތަށް ބޫޓު ދޮވެލުމުން ލައްފިލުވާ ބޭނުންކުރަން ނުޖެހި ބޫޓު ހުދުކަން އެނބުރި އަންނާނެ އެވެ.