Advertisement

ބޮލީވުޑް: އޭޕްރިލް ވޮޗް ލިސްޓް!

3 އޭޕްރީލް 2021 - 09:43 0

އަޖީބު ދާސްތާންގެ މަންޒަރެއް --


ބޮލީވުޑް: އޭޕްރިލް ވޮޗް ލިސްޓް!

3 އޭޕްރީލް 2021 - 09:43 0

ތިއީ ބޮލީވުޑްގެ ހިންދީ ފިލްމްތަކަށް އާދަވެފައި ހުރި މީހެއްނަމަ މިއީ އެންމެ މުހިންމުވާނެ ލިސްޓެވެ!

ގިނަ ހިންދީ ފިލްމްތަކާއި ސީރީސްތައް ބޮލީވުޑުން ނުކުންނަ މިންވަރު މިހާރު ވަރަށް ބޮޑު ތަން އިތުރެވެ. ކުރިއާ ބަލާއިރު އެ ފިލްމްތަކުގެ ޝައުގުވެރިކަން ވެސް ބޮޑެވެ. އެފަދަ ތަފާތު އެއްޗެހި މި މަހު ތެރޭގައި ނުކުންނަން އެބަ އޮތެވެ.

"އިރުލް"

ފަހަދު ފާސިލްގެ "އިރުލް" މިދިޔަ ހުކުރު ދުވަހު ނެޓްފްލިކްސްގައި ވަނީ ރިލީޒްކޮށްފަ އެވެ. މީގައި ފެނިގެން ދަނީ އަންހެނެއްގެ ކިބައިން ބަދަލު ހިފުމަށް ފަސް މީހުން މަރާލާ މީހެއްގެ ވާހަކަ އެވެ.

ނަސީފު ޔޫސުފް ޑައިރެކްޓްކޮށްފައިވާ ފިލްމުން ފެނިގެން ދަނީ ސޯބިން ސާހިރާއި ދަރްޝާނާ ރަޖެންދުރަން އެވެ.

https://www.youtube.com/watch?v=SKWS17crnDI

"ދަ ބިގް ބުލް"

މިއީ މި އަހަރު ވަރަށް އުއްމީދު ކުރެވޭ ފިލްމެކެވެ. ވަރަށް ބޮޑު ހައިޕެއް އެބަ އޮތެވެ.

މި މަހު އަށްވަނަ ދުވަހު ޑިޒްނީ ހޮޓްސްޓާއަށް އަންނަ މި ފިލްމަކީ އަބީޝެކް ބަޗަން އާއި އިލިއާނާ ޑިކްރޫޒް އަދި ރާމް ކަޕޫރް މުހިންމު ރޯލުތަކުން ފެންނަ ފިލްމެކެވެ.

ފިލްމްގެ ލަވަތައް މިހާރު ރިލީޒްކޮށްފައިވާއިރު އެއަށް ލިބޭ ތަރުހީބު ވެސް ބޮޑެވެ. މިއީ އަބީޝެކްގެ ވަރުގަދަ ފިލްމަކަށް ވެގެން ދާނެ ކަމަށް ބެލެވެ އެވެ.

https://www.youtube.com/watch?v=Bw6I-KgCSP4

"ހެލޯ ޗާލީ"

އަނެއްކާވެސް ކަޕޫރު އާއިލާއިން ބޮލީވުޑަށް މޫނެއް ނުކުތީ އެވެ.

"ހެލޯ ޗާލީ"އަކީ ކަރީނާ، ކަރިޝްމާ އަދި ރަންބީރު ކަޕޫރްގެ ދެބެންގެދެދަރި ކޮއްކޮއެއް ކަމަށްވާ އަދަރް ޖެއިން ފެނިގެންދާ ފިލްމެކެވެ.

ޕްރައިމް ވީޑިއޯއަށް އަންނަ މި ފިލްމުގައި ފެނިގެން ދަނީ ގޮރެއްލާއަކާއެކު ދަތުރު ކުރަން ޖެހޭ ކުޑަ އަވަށެއްގެ ޒުވާނެއްގެ ވާހަކަ އެވެ. ފިލްމުން ޗެކީ ޝްރޯފް ވެސް ފެންނާނެ އެވެ.

ބޮލީވުޑްގެ ލެޖެންޑް، ރާޖް ކަޕޫރަށް ކާފަ ކިޔާ މީހަކަށް އަދަރްވުމުން ފިލްމަށް އޮތް ޝައުގުވެރިކަން ބޮޑެވެ.

https://www.youtube.com/watch?v=p0Qr_r1LZ-s

"އަޖީބު ދާސްތާން"

ތަފާތު އެކި ވާހަކަތައް ކިޔައިދޭ މި ފިލްމް މި މަހުގެ 16 ވަނަ ދުވަހު ނެޓްފްލިކްސްގައި ރިލީޒް ކުރާނެ އެވެ.

މި ފިލްމުން އަދިތީ ރާއޯ ހައިދިރީ އާއި ފާތިމާ ސަނާ ޝެއިހް އާއި މާނަވް ކައުލް އާއި އަބީޝެކް ބެނާޖީ އާއި ނުސްރަތު ބަރޫޖާ އާއި ކޮންކަނާ ސެން ސަރުމާ ފަދަ ގިނަ ތަރިން ފެންނާނެ އެވެ.

ފިލްމް ޑައިރެކްޓްކޮށްފައިވަނީ ހަތަރު ޑައިރެކްޓަރުންނެވެ. ފިލްމްގައި އެއިން ކޮންމެ ޑައިރެކްޓެއްގެ ތަފާތު ވާހަކައެއް ގުޅިގެން އަންނާނެ އެވެ.

ފިލްމުން ޝައުގުވެރި ވާހަކަތަކެއް ފެންނާނެ ކަމަށް އުއްމީދު ކުރެވެ އެވެ.

https://www.youtube.com/watch?v=EImTzMiVdzo

"މޭ ހީރޯ ބޯލް ރަހާ ހޫން"

މިއީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަޝްހޫރު "ކަސައުޓީ ޒިންދަގީކޭ 2"ގައި އަނޫރާގްގެ ރޯލް އަދާކުރި ޕާތު ސަމާރާތަން ފެނިގެންދާ ވެބް ސީރީސްއެކެވެ.

މީގައި ޕާތު ފެނިގެންދާނީ ގޭންގްސްޓާރެއްގެ ރޯލުންނެވެ. މީގެ ވާހަކަ އެނބުރޭނީ އޭނާގެ ވަށައިގެންނެވެ.

https://www.youtube.com/watch?v=MZ8P-353qs4&t=2s