Advertisement

ވިމެން އިން ޓެކް އިން ބާއްވާ "ޑިޖިޓަލް ކޮމިއުނިކޭޝަން 101" ގެ ގޯލްޑް ޕާޓްނަރަކަށް އުރީދޫ

3 އޭޕްރީލް 2021 - 09:34 0

އަމަން ހަލީމް

އަމަން ހަލީމް

"ޑިޖިޓަލް ކޮމިއުނިކޭޝަން 101" ގެ ޕޯސްޓަރު: މިއީ ސްޓާޓްއަޕްތަކަށް ސޯޝަލް މީޑިއާ ބޭނުންކޮށްގެން މާކެޓް ކުރަން ދަސްކޮށްދޭން ވިމެން އިން ޓެކް އިން ހިންގާ ސެޝަންތަކެއް -- ފޮޓޯ: ވިމެން އިން ޓެކް


ވިމެން އިން ޓެކް އިން ބާއްވާ "ޑިޖިޓަލް ކޮމިއުނިކޭޝަން 101" ގެ ގޯލްޑް ޕާޓްނަރަކަށް އުރީދޫ

3 އޭޕްރީލް 2021 - 09:34 0

ވިމެން އިން ޓެކް މޯލްޑިވްސް އިން "މާސްޓާ ކްލާސް: ޑިޖިޓަލް ކޮމިއުނިކޭޝަން 101" ގެ ނަމުގައި ހިންގާ ޕްރޮގްރާމްގައި ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި އޫރީދޫއިން ބައިވެރިވެއްޖެ އެވެ.

މި ޕްރޮގްރާމަކީ ވިޔަފާރި ނުވަތަ ބްރޭންޑް ކުރިއަރުވަން ކޮންޓެންޓް ތައްޔާރުކޮށް ކަސްޓަމަރުންނާއި މުއާމަލާތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ސޯޝަލް މީޑިއާ ބޭނުންކޮށްގެން ކަސްޓަމަރުންނާ ފުރިހަމަ ގޮތެއްގައި މުއާމަލާތް ކުރާނެ ގޮތްތައް ދަސްކޮށް ދެވޭނެ އެވެ. އަދި ޓުވިޓާ، އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކުގައި ބޭނުންކުރާނެ ކޮންޓެންޓް ތައްޔާރުކުރުމާއި ކޮންޓެންޓް ކަސްޓަމަރުންނަށް އެންމެ ފުރިހަމައަށް ފޯރުކޮށްދޭނެ ގޮތް ކިޔައިދެވޭނެ އެވެ.

އޫރީދޫގެ ޕާރޓްނާޝިޕްގެ ދަށުން 12 ސްޓާޓްއަޕް ނުވަތަ އަލަށް ފަށާ ކުދި ވިޔަފާރިތަކަށް މި ޕްރޮގްރާމްގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ.

މި މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ފަސް ސެޝަނަކަށް ބަހާލައިގެން ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި މެންޓަރިން ސަޕޯޓުގެ ބަޔަކާއި، ކޮންމެ މައުލޫއަކުން ކޮންޓެންޓް އުފެއްދުމުގެ ޕްރެކްޓިކަލް ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެ އެވެ.

އަދި ބައިވެރިން ތައްޔާރުކުރާ ކޮންޓެންޓް އިތުރަށް ފުރިހަމަ ކުރުމަށް ވަކިވަކިން ބައިވެރިންނަށް އިރުޝާދު ވެސް ދެވޭނެ އެވެ.

މި ޕްރޮގްރާމް ފެސިލިޓޭޓް ކޮށްދެއްވާނީ empoweringbrands.co ގެ ޑިރެކްޓަރު އަދި ފައުންޑާ، ވިނީތީ ސިން އެވެ. އެމްޕަވަރިން ބްރޭންޑްސް އަކީ ކޮމިޔުނިކޭޝަން އަދި ސޯޝަލް މީޑިއާ ސްޓްރެޓެޖީ އުފެއްދުމުގެ އެކި ޓްރެއިނިން ޕްރޮގްރާމްތައް ދުނިޔޭގެ 30 އަށް ވުރެ ގިނަ ގައުމެއްގައި ކުރިން ހިންގާފައިވާ ބައެކެވެ.