Advertisement

ސިންބޮލިކްގެ ކުރުވާހަކައިން ސަޕްރައިޒެއް!

3 އޭޕްރީލް 2021 - 09:36 1

ސިންބޮލިކްގެ ޝޯއެއްގައި ރައިޑޭއާ ފޭނުން ސަލާން ކުރަނީ: "ކުރުވާހަކަ"އާ ގުޅޭ ސަޕްރައިޒެއް އޮތީ ކުރިއަށް - ފޮޓޯ: ހުސެއިން ޝަޔާހު | އަދަދު


ސިންބޮލިކްގެ ކުރުވާހަކައިން ސަޕްރައިޒެއް!

3 އޭޕްރީލް 2021 - 09:36 1

ތިއީ ސިމްބޮލިކްގެ ފޭނެއްތޯ ނާހާނަމެވެ. ޔަގީނުން ވެސް ވާނެތީ އެވެ. ތި ފޭނުންނާ ހަމައަށް މިފަހަރު މިއޮތީ ވަރަށް ފައްކާ ސަޕްރައިޒެކެވެ.

ރެޕްގެ ދުނިޔޭގައި ރަސްކަން ކުރަމުން ގެންދާ ސިންބޮލިކް ރެކޯޑްސްއަށް އަށް އަހަރު އިހަށް ދުވަހު ފުރުނުއިރު އެ ލޭބަލުން މިހާތަނަށް ވަނީ އަށް އަލްބަމެއް ނެރެފަ އެވެ. ވަރަށް ވައިގައި ހިފި، 200 އަށްވުރެ އޯޑިއޯ ލަވަ އާއި 30 އަށްވުރެ ގިނަ ވީޑިއޯ ލަވަ ދޫކުރި އެވެ.

އެންމެ ފަހުން ސިންބޮލިކްއިން ފޭނުން ހެއްވާލީ "ކޯވަރެއް" އަލްބަމާއެކު އެވެ. އެ އަލްބަމް އެއްކޮށް އަޑުއެހުމަށްފަހު ވެސް ބޮވުނީ ހަމަ ކޯވަރެކެވެ. އަދިވެސް އިތުރަށް ފެން ބޮވައިގެންފައި އެތައް ފޭނުންނެއް ތިބޭނެ އެވެ.

އެހެންވެ، މި މަހުގެ ނުވަ ދުވަހަށް ސިންބޮލިކުން ތައްޔާރުވަމުންދާ ސަޕްރައިޒް ވަރަށް ބޮޑެވެ.

"މިއީ ވަރަށް ހާއްސަ، ވަރަށް ކަމުދާނެ ސަޕްރައިޒަކަށް ވެގެންދާނެ،" ސިންބޮލިކްގެ އޮފިޝަލަކު ބުންޏެވެ.

މި ސަޕްރައިޒްގެ މާބޮޑު ތަފްސީލެއް އޮފިޝަލު ނުދިނެވެ. އެކަމަކު ކޯވަރެއް ދިނެވެ.

https://www.youtube.com/watch?v=RkoJxVkhqIw

ނުވަ ވަނަ ދުވަހު، ސިންބޮލިކް ގެނެސްދޭ މި ވަރުގަދަ ސަޕްރައިޒް ގުޅިފައިވަނީ "ކުރުވާހަކަ"އާ އެވެ. "ކުރުވާހަކަ" މި ލަވައަކީ އެ ލޭބަލްގެ ވަރަށް ހާއްސަ ލަވައެކެވެ. ލަވައަށް ހަތަރު އަހަރު ފުރުނީ އެވެ.

"މިއީ ކުރުވާހަކައަށް ހަތަރު އަހަރު ފުރޭތީ ގެނެސްދޭ ސަޕްރައިޒެއް. ކުރުވާހަކަ ލަވަ ކަމުދިޔަ ފޭނުންނަށް މިއީ ވަރަށް ހާއްސަ ސަޕްރައިޒަކަށް ވެގެންދާނެ،" އޮފިޝަލް ބުންޏެވެ.

ވަރަށް ގިނަ ބައެއްގެ ޕްލޭ ލިސްޓްގެ ވަރަށް ކުރީގައި އޮންނަ، ފޭވަރިޓް "ކުރުވާހަކަ"އަކީ ވަރަށް ކާމިޔާބު ލަވައެއްކަން ޔޫޓިއުބުން ސާބިތުކޮށްދޭނެ އެވެ. ޔޫޓިއުބުން އެކަނި ވެސް އެ ލަވައަށް 442،000 ވިއުސް އެބަ އޮތެވެ.

ޒުވާނުންގެ މެދުގައި ވަަރަށް މަގުބޫލް، ޓޯއީ އާއި ރައިޑޭގެ "ކުރުވާހަކަ"ގައި ކިޔައިދެނީ ވަރަށް އަސަރުގަދަ ލޯބީގެ ވާހަކައެކެވެ.

"ކުރުވާހަކަ"އާ ގުޅޭ ސަޕްރައިޒެއް އަންނައިރު ސިންބޮލިކްގެ ވަރަށް ބޮޑު އެދުމެއް ވެސް އެބަ އޮތެވެ.

"އެބަހުރޭ ޔޫޓިއުބްގައި ވެސް ސައުންޑް ކްލައުޑްގައި ވެސް ރަސްމީ އެކައުންޓުން ނޫން އެހެން މީހުން ލަވަ އަޕްލޯޑްކޮށްފައި. އޭގެ ސަބަބުން ސިންބޮލިކްއަށް ގެއްލުން ލިބޭ. އެގޮތަށް ކަންކަން ނުކުރުމަށާއި އެފަދަ ލިންކަށް ނުދިޔުމަށް ފޭނުން ކިބައިން އެދެން،" އޮފިޝަލް ބުންޏެވެ.