ރައީސް އޮފީސް

30 ލިޔުން

ފަހުގެ

ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން ރައީސް އޮފީހަށް 14 ދުވަސްހަބަރު

ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން ރައީސް އޮފީހަށް 14 ދުވަސް

މި ސަރުކާރުން އައްޔަންކުރި ސިޔާސީ މުވައްޒަފުންގެ އަދަދާއި، މުސާރަ އަދި އިނާޔަތްތަކުގެ ތަފްސީލު 14 ދުވަސް ތެރޭގައި ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ރައީސް އޮފީހަށް އަންގައިފި. މިގޮތަށް އެންގީ "އަދަދު" ނޫހުން އެދިފައިވާ މައުލޫމާތުތައް ގާނޫނީ މުއްދަތުގައި ފޯރުކޮށްދީފައި ނުވާތީ، އެ މައުލޫމާތު ހިފޭއްޓޭނެ މަގުބޫލު ސަބަބެއް ނެތުމުން.

އަދަދު ނޫހަށް ފިޔަވަޅު އެޅިތާ މަހެއް، އަދިވެސް ލިޔުމެއް ނުލިބޭހަބަރު

އަދަދު ނޫހަށް ފިޔަވަޅު އެޅިތާ މަހެއް، އަދިވެސް ލިޔުމެއް ނުލިބޭ

ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް "އަދަދު" ނޫހަށް ނުވަދެވޭ ގޮތަށް މަނާކުރިތާ މަހެއްވީއިރުވެސް، އެ ފިޔަވަޅު އެޅި ސަބަބު ލިޔުމުން ދީފައިނުވާތީ، މި ފިޔަވަޅާ ގުޅިގެން ދެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށް ހުރަސްއެޅިފައިވާ ކަމަށާއި، މިއީ ނޫސްވެރިކަމަށް ހުރަސްއެޅުމުގެ ގޮތުން ގަސްތުގައި ކުރާ ކަމެއް ކަމަށް މެނޭޖުމަންޓުން ބުނޭ.