މައިންޑްޗޭމްޕްސް ޕްރީސްކޫލް ބަލާލުމުގެ ފުރުސަތު ބެލެނިވެރިންނަށް
މާލޭގައި އަލަށް ހުޅުވި މައިންޑްޗޭމްޕްސް އިންޓަނޭޝަނަލް ޕްރީސްކޫލްގެ ވަސީލަތްތަކާއި މަންހަޖު ބަލާލުމުގެ ފުރުސަތު ބެލެނިވެރިންނަށް މިހާރު ވަނީ ހުޅުވާލާފައެވެ. ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކޮށްފައިވާ މި ސްކޫލުގައި ކުދިންގެ އުނގެނުމާއި، ޖިސްމާނީ ދުޅަހެޔޮކަމާއި، އިޖުތިމާއީ ހުނަރުތައް ތަރައްގީކުރުމަށް ބޭނުންވާ ހާއްސަ ސަރަހައްދުތަކާއި ޖިމްނޭޒިއަމެއް ހިމެނެއެވެ.