ކްރިސް ބްރައުން

2 ލިޔުން

ފަހުގެ

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއްލުއިއަދަދު

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

މުވައްޒަފަކަށް 12.9 މިލިއަން ޑޮލަރު ދައްކަން އަންގައިފިލުއިއަދަދު

މުވައްޒަފަކަށް 12.9 މިލިއަން ޑޮލަރު ދައްކަން އަންގައިފި

ލަވަކިޔުންތެރިޔާ ކްރިސް ބްރައުން ގެންގުޅުނު ކުއްތާއެއް އޭނާގެ ގޭގެ މުވައްޒަފަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދިން މައްސަލައިގައި، ބަދަލުގެ ގޮތުގައި 12.9 މިލިއަން ޑޮލަރު ދައްކަން ކޯޓުން އަމުރުކޮށްފިއެވެ. 2020 ވަނަ އަހަރު ހިނގި މި ހާދިސާގައި ބްރައުން އިހުމާލުވެފައިވާ ކަމަށް ޖޫރީން ނިންމީ، އަނިޔާލިބުނު މީހާއަށް އެހީވުމުގެ ބަދަލުގައި މީޑިއާގެ ސަމާލުކަމުން ސަލާމަތްވުމަށް އޭނާ އެ ސަރަހައްދު ދޫކޮށް ފިލާފައިވާތީއެވެ.