ހުލާސާކޮށް އިއްޔެ: ހުވަދޫ އަތޮޅުގެ ރޭޕް މައްސަލައިގެ ތަހުގީގު
ހުވަދޫ އަތޮޅުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައިގައި 9 މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވާއިރު، އޭގެ ތެރޭގައި ވެމްކޯގެ މެނޭޖަރަކު ހިމެނޭކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، ބިދޭސީންނަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ކެބިނެޓުން ނިންމާފައިވާއިރު، ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމާ މެދު ގާނޫނީ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.