އެމްޑީޕީގެ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ހުށަހެޅި އިސްލާހުތަކަށް ވޯޓުލުން ފެށިއްޖެ އެވެ. ފުރަތަމަ އިސްލާހު ވަނީ 500 އަށް ވުރެ ގިނަ ވޯޓު ލިބިގެން ފާސްވެފަ.

އެމްޑީޕީ ކޮންގްރެސް 2026 ލައިވް ކަވަރޭޖް
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސް މީގެ ކުޑަ ވަގުތުކޮޅެއް ފަހުން މާލޭ ސިޓީ ކައުންސިލުގެ ހޯލުގައި ފެށޭނެ އެވެ. ތިން ދުވަހަށް ކުރިއަށްގެންދާ އެމްޑީޕީގެ ކޮންގްރެސްގައި 900 އަށް ވުރެ ގިނަ މެންބަރުން ބައިވެރިވާނެ އެވެ. ކޮންގްރެސް ފެށުމުގެ ގޮތުން މިރޭ ބާއްވަނީ ޖަލްސާއެކެވެ. މިރޭގެ ޖަލްސާގައި ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވާނެ އެވެ. ހުކުރު ދުވަހު އޮންނާނީ އެމްޑީޕީގެ ކޮންގްރެސްގައި މުޅިން އަލަށް ކުރިއަށްގެންދާ އިންވެސްޓްމަންޓް ފޯރަމެވެ. އެ ފޯރަމުގައި ކައުންސިލްތަކުން އެކި ވިޔަފާރީގެ ޕްރޮޕޯސަލް ހުށަހަޅާނެ އެވެ. އެއަށްފަހު ހޮނިހިރު ދުވަހު ކުރިއަށްދާނީ ކޮންގްރެސްގެ ރަސްމީ ބަޔެވެ. އޭގެ ތެރޭގައި ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރުމާއި ޕާޓީގެ ސިޔާސަތުތައް ފާސް ކުރުން ހިމެނެ އެވެ. އަސާސީ ގަވާއިދަށް ހުށަހަޅާ އިސްލާހުތަކަށް ވަކިވަކިން ވޯޓަށް އެހުމަށްފަހު މުޅި ގަވާއިދު އަލުން ފާސް ކުރަން ހާއްސަ ވޯޓެއް ވެސް އެ ދުވަހު ނަގާނެ އެވެ. ކޮންގްރެސް ނިންމާލާނީ ހޮނިހިރު ދުވަހު ރޭ ބާއްވާ ކުރު ޖަލްސާއަކަށްފަހު އެވެ.




އިސްލާހުތަކަށް ވޯޓަށް އެހުން ފެށިއްޖެ
ބޮޑު ބަދަލު ކަރުދާސް ހުށަހަޅައިފި
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ހުށަހަޅުއްވާ ބޮޑު ބަދަލު އިސްލާހު އެމްޑީޕީގެ ކޮންގްރެސްއަށް މިއަދު ހުށަހަޅައިފި އެވެ.
މިވަގުތު ކުރިއަށްދަނީ އެ ކަރުދާހަށް ބަހުސް ކުރުމުގެ މަރުހަލާ އެވެ.
ބޮޑު ބަދަލު ކަރުދާހަކީ ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމު ބަދަލު ކުރަން އެކުލަވާލާފައިވާ ކަރުދާހެކެވެ. އެ ކަރުދާހުގައި ހިމެނޭ އެންމެ ބޮޑު އެއް ބަދަލީ ސަރުކާރުގެ އިސް ވެރިޔަކަށް އަދި ދައުލަތުގެ އިސް ވެރިޔަކަށް އިންތިހާބު ކުރެވޭ ވަކި ދެ ބޭފުޅަކު ހަމަޖެއްސުމެވެ.
އޭގެ އިތުރުން، މިނިވަން މުއައްސަސާތަކާއި ކޯޓުތަކުގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި ރައްޔިތުންގެ ސީދާ ވޯޓަކުން މެނުވީ އެތަންތަނުގެ މެންބަރުން ވަކި ނުކުރެވޭ ގޮތް ހެދުން ހިމެނެ އެވެ.
"މި ސިކުންތުގައި ވެސް ދައުލަތާ ހަވާލުވުމަށް އަޅުގަނޑު މި ހުރީ ތައްޔާރަށް"
މި ވަގުތު ވެސް ވެރިކަމާ ހަވާލުވާން ތައްޔާރަށް ހުންނެވި ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ކޮންގްރެސްގެ ރިޔާސަތުގައި އިންނެވި ނަޝީދު އެހެން ވިދާޅުވީ އެ ޕާޓީގެ ގައުމީ މަޖިލިސް މެންބަރު، އަހުމަދު ސަލީމް ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
"މި ސިކުންތުގައި ވެސް ދައުލަތާ ހަވާލުވުމަށް އަޅުގަނޑު މި ހުރީ ތައްޔާރަށް،" ނަޝީދު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވީ ޕާޓީން ބަޔަކު ވަކިކުރިކަމަށް ކުރި ތުހުމަތާ ހެދި: ނާޒިލް
ނިމިދިޔަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވި އެންމެ ބޮޑު އެއް ސަބަބަކީ ރިޔާސީ ޕްރައިމަރީއާ ގާތްވެފައިވަނިކޮށް އެ ޕާޓީން ބަޔަކު ވަކިކުރިކަމަށް ކުރި ތުހުމަތު ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު، އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހެއް ހުށަހަޅުއްވަމުން ނާޒިލް ވިދާޅުވީ އެފަދަ ކަންކަން ދިމާވަނީ، ޕާޓީގެ އަސާސީ ގަވާއިދުގައި ސާފުކޮށް ކަން ކުރާންޖެހޭ އުސޫލު ލިޔެވިފައި ނެތުމުން ކަމަށެވެ.
"2023 ވަނަ އަހަރު އަޅުގަނޑުމެންނަށް ބޭއްވުނު ރިޔާސީ ޕްރައިމަރީގައި ވަރަށް ބޮޑު އިލްޒާމެއް، ބަދުނާމެއް ނޫނިއްޔާމުން ވައްކަމެއް އަޅުވާލެވުނު އޭރުގެ ޗެއާޕާސަންގެ ބޮލުގައި. ގާތްގަނޑަކަށް 29،000 މެންބަރުން ވަކިކުރި ވާހަކަ ވޯޓާދިމާކޮށް،" ނާޒިލް ވިދާޅުވި އެވެ.
އިސްލާހުތައް ހުށަހެޅުމާއި ވޯޓުލުމުގެ ސެޝަންތައް ފަށައިފި
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސްގައި، ޕާޓީގެ ކަންކަން ފާސް ކުރުމާއި އަސާސީ ގަވާއިދު އިސްލާހު ކުރުމާއި ވޯޓުލުމުގެ ސެޝަން މިއަދު ފަށައިފި އެވެ.
މިއީ އެމްޑީޕީ ކޮންގްރެސްގެ ތިން ވަނަ ދުވަހެވެ. މިއަދުގެ ފުރަތަމަ ސެޝަނުގައި އޮތީ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމާއި އިސްލާހުތަކަށް ބަހުސަށް ހުށަހެޅުމެވެ.
މިއަދުގެ ދެ ވަނަ ސެޝަނުގައި އޮތީ ބޮޑު ބަދަލުގެ ގަރާރު ހުށަހެޅުމާއި ގަރާރަށް ބަހުސަށް ހުށަހެޅުމެވެ. އަދި ތިން ވަނަ ސެޝަނުގައި އޮންނާނީ ލާމަރުކަޒީ ގަރާރު ހުށަހެޅުމާއި އެ ގަރާރަށް ބަހުސް ކުރުމެވެ.
އެ ތިން ސެޝަނަށް ފަހު އޮންނާނީ ވޯޓަށް އެހުމެވެ. އޭގެ ފަހުން އިންވެސްޓް ފޯރަމުން ހޯދުނު އިންވެސްޓްމަންޓް އެގްރިމެންޓުތަކުގައި ވޯޓަށް އެހުމަށްފަހު ރޭގަނޑު އޮންނާނީ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތެވެ.

ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ ބައެއް އިސްލާހުތަކުގެ ތެރޭގައި ރައީސް އާއި ނައިބު ރައީސްގެ މަގާމު އުވާލައި، ޕާޓީގެ އެންމެ އިސް މަގާމަކީ ޗެއާޕާސަންއަށް ހެދުން ހިމެނެ އެވެ.
ދެން އެންމެ ބޮޑު ކަމަކަށް އޮންނާނީ ބޮޑު ބަދަލު ގަރާރަށް ވޯޓަށް އެހުމެވެ. ބޮޑު ބަދަލު ގަރާރަކީ ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމް ބަދަލު ކުރަން މަސައްކަތް ކުރާނެ މެނިފެސްޓޯއެކެވެ. އެ މެނިފެސްޓޯ ހުށަހެޅުއްވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ.
އޭގެ އިތުރުން، އިއްޔެ ބޭއްވި އިންވެސްޓް ފޯރަމަކީ ސިޔާސީ ޕާޓީއަކުން ބޭއްވި އެފަދަ ފުރަތަމަ ފޯރަމެވެ. އެ ފޯރަމުގައި ރަށްރަށުން ވަނީ ބިޒްނަސް ޕްރޮޕޯސަލްތަކެއް ހުށަހަޅައިފަ އެވެ. އެއިން ބައެއް ޕްރޮޕޯސަލްތަކަށް އިންވެސްޓަރުން ލިބޭނެ ކަމަށް ބެލެވެ އެވެ.
އެމްޑީޕީގެ ކޮންގްރެސް މިއަދު ފެށީ 368 މަންދޫބުންނާއެކު އެވެ.
ރަށްވެހި ތަރައްގީ އިންވެސްޓްމަންޓު ފޯރަމްގެ ތެރެއިން




އިންވެސްޓްމަންޓް ފޯރަމްގެ ސެޝަން 1
"ރަށްވެހި ތަރައްގީ": ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ފުރަތަމަ އިންވެސްޓްމަންޓު ފޯރަމްގައި ގިނަ މަޝްރޫއުތަކެއް
މިފަހަރު އަލަށް ބާއްވާ ފޯރަމްގައި ރާއްޖޭގެ 32 ރަށަކުން 76 އިންވެސްޓްމަންޓު ފުރުސަތަށް ވަނީ ހުޅުވާލާފަ އެވެ. އެ ޕްރޮޖެެކްޓުތަކުގެ އަގު 300 މިލިއަން ޑޮލަރަށް ވުރެ އިތުރެވެ. އޭގެ ތެރޭގައި ޓޫރިޒަމާއި، މަސްވެރިކަމާއި، ދަތުރުފަތުރާއި، ވޭސްޓް މެނޭޖުމަންޓާއި، ދަނޑުވެރިކަމާއި، ހަކަތައާ ގުޅުންހުރި އެކި ޕްރޮޖެކްޓުތައް ހިމެނެ އެވެ.

"ރަށްވެހި ތަރައްގީ": ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ފުރަތަމަ އިންވެސްޓްމަންޓު ފޯރަމްގައި ގިނަ މަޝްރޫއުތަކެއް
މި ފޯރަމްގެ މައިގަނޑު މަގްސަދަކީ ކައުންސިލްތަކާ ގުޅިގެން ރަށްރަށުގައި ހުރި ވިޔަފާރީގެ ފުރުސަތުތައް ހާމަކޮށް، އާމްދަނީ ލިބޭނެ މަޝްރޫއުތައް ހިންގުމަށް މަގުފަހިކޮށްދިނުން ކަމަށް އެމްޑީޕީން ބުނޭ. މިއީ ސިޔާސީ ޕާޓީއަކުން އިސްނަގައިގެން މިފަދަ ގޮތަކަށް ބާއްވާ ފުރަތަމަ އިންވެސްޓްމަންޓް ފޯރަމް.
އެމްޑީޕީގެ ކޮންގްރެސްގެ ބައިވެރިން މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަނީ


އެމްޑީޕީގެ ކޮންގްރެސް 2026 ގައި ސޯލިހު ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ކޮންގްރެސް 2026





އެމްޑީޕީގެ ޗެއާޕާސަމް މުހައްމަދު ނަޝީދު އެ ޕާޓީގެ ކޮންގްރެސް ފައްޓަވައިދެއްވައިފި
އެމްޑީޕީގެ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ފައްޓަވަމުން ނަޝީދު ވަނީ އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީ ކަމަށް ވިދާޅުވެފައި އެވެ.
ސަރުކާރުގެ އަމާޒަކީ ދޮގު ހަދައި އޮޅުވާލުން، ރައްޔިތުންނަށް ކަމެއް ކޮށްދޭން ނޫޅޭ: ނަޝީދު
ސަރުކާރުގެ އަމާޒަކީ ދޮގު ހަދައި އޮޅުވާލުން، ރައްޔިތުންނަށް ކަމެއް ކޮށްދޭން ނޫޅޭ: ނަޝީދު
އެމްޑީޕީގެ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގެ އެއްވެސް ހިޔާލެއް ނެތި ސަރުކާރުން ކުރަމުންދާ ކަމަކީ ރައްޔިތުންނަށް އޮޅުވާލައި މަކަރު ހެދުން ކަމަށް.
"ދޮގު ހެދުމާއި، އޮޅުވާލުމާއި، މަކަރު ހެދުން މިއީ މި ސަރުކާރުގެ ހަމައެކަނި އަމާޒު. ރާއްޖޭގެ ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގެ ކުޑަ ހިޔާލެއްވެސް އެބޭފުޅުންގެ ނެތް،" ނަޝީދު ވިދާޅުވި

