Advertisement

ހަ އަހަރު ދުވަހުގެ ތެރޭގައި ޖިންސީ ކުށުގެ 2،000 އަށް ވުރެ ގިނަ މައްސަލަ: ރިޕޯޓު

13 މޭ 2024 - 11:15 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންގެ ހާލަތު ތަސައްވުރުކުރާ ކުރެހުމެއް: ރާއްޖޭގައި މިދިޔަ އަހަ އަހަރު ދުވަހުގެ ތެރޭ ހުށަހެޅި ޖިންސީ ކުށުގެ މައްސަލަތަކުގެ އަދަދު 2،000 އަށް ވުރެ މަތި.


ހަ އަހަރު ދުވަހުގެ ތެރޭގައި ޖިންސީ ކުށުގެ 2،000 އަށް ވުރެ ގިނަ މައްސަލަ: ރިޕޯޓު

13 މޭ 2024 - 11:15 0

މިދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރާއަށް ހުށަހެޅި ޖިންސީ ކުށުގެ މައްސަލަތަކުގެ އަދަދު 2،000 އަށް ވުރެ އިތުރުކަަމަށް ރައްުޔިތުންގެ މަޖިލީހުން އެއްކުރި މައުލޫމާތުތަކުން އެނގިއްޖެ އެެވެ.

ޖިންސީ ކުށުގެ ތަފާސް ހިސާބުތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެއްކުރީ ޖިންސީ ގޯނާކުރުމާއި ރޭޕްގެ މައްސަލަތައް އިތުުރުވެފައިވާތީ ކަންބޮޑުވުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު (މިހާރުގެ ކައުންސިލް މިނިސްޓަރު) އާދަމް ޝަރީފު 2021 ވަނަ އަހަރު ހުށަހެޅުއްވި ގަރާރަކާ ގުޅިގެންނެވެ.

އެ ގަރާރު ދިރާސާކުރުުމުގެ ތެރޭގައި އެއްކުރި މައުލޫމާތު ހިމަނައިގެން އެކުލަވައިލި ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅީ މިއަދު ކުރިއަށްދާ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާގަ އެވެ.

ކަމާ ބެހޭ ހުރިހާ އިދާރާއެއްގެ އިސް އޮފިޝަލުންނާ ސުވާލުކޮށް، މައުލޫމާތު އެއްކޮށްގެން އެކުލަވައިލި އެ ރިޕޯޓްގައިވާ ގޮތުން މިދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި، ޖިންސީ ކުށުގެ މައްސަަލަތައް އެންމެ ގިނައިން ހުށަހަޅާފައި ވަނީ 2020 ވަނަ އަހަރު އެވެ.

އެ އަހަރު 487 މައްސަލަ ހުށަހެޅި އެެވެ. އަދި އެ ފަދަ މައްސަލަތައް ހުށަހެޅި އަދަދު އެންމެ މަތީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު ހުށަހެޅީ އެފަދަ 234 މައްސަލަ އެވެ.

ޖިންސީ ކުށުގެ މައްސަލަތައް އެކި އަހަރުތަކުގައި ހުށަހެޅި އަދަދުތައް

  • 2018: 362 މައްސަލަ
  • 2019: 410 މައްސަލަ
  • 2020: 487 މައްސަލަ
  • 2021: 342 މައްސަލަ
  • 2022: 334 މައްސަލަ
  • 2023: 234 މައްސަލަ
  • ޖުމްލަ: 2،169 މައްސަލަ

މަޖިލީހުން އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި ޖިންސީ ކުށުގެ މައްސަލަތައް ފުލުހުންގެ އިދާރާއަށް މިއަދަދަށް ހުށަހެޅި ނަމަވެސް 2018 ވަނަ އަަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅާފައި ވަނީ އެންމެ 47 މައްސަލަ އެކެވެ.

އޭގެ ތެރެއިން ކުށް ސާބިތުވީ އެންމެ 10 މައްސަލައެކެވެ. ކުށް ސާބިތު ނުވާ ކަމަށް ކޯޓުގައި ނިމުނު މައްސަލައިގެ އަދަދަކީ އަށެކެެވެ. އެއް މައްސަލައިގެ ދައުވާ ފޯމް ބާތިލުކުރި އިރު ކޯޓުގައި އެހެން މައްސަލަތައް އަދިވެސް ހުރީ ކޯޓު މަރުހަލާގަ އެވެ.