Advertisement

ހުލާސާކޮށް އިއްޔެ: އިޒްރޭލު ޕާސްޕޯޓް މަނާކުރުމާ ގުޅޭ ސުވާލަށް ސާފު ޖަވާބެއް ނުދިން

7 މޭ 2024 - 06:24 0

އިޒްރޭލުގެ ޕާސްޕޯޓު


ހުލާސާކޮށް އިއްޔެ: އިޒްރޭލު ޕާސްޕޯޓް މަނާކުރުމާ ގުޅޭ ސުވާލަށް ސާފު ޖަވާބެއް ނުދިން

7 މޭ 2024 - 06:24 0

އިޒްރޭލު ޕާސްޕޯޓްގައި ރާއްޖެއަށް މީހުން އެތެރެވުން މަނާކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހުން ގަރާރެއް ވެސް ފާސްކޮށްފައި ވާއިރު، އެކަމުގައި ސަރުކާރުގެ ސިޔާސަަތު އޮތީ ކިހިނެތްތޯ ސުވާލުކުރުމުން ސަރުކާރުން އިއްޔެ ވެސް ސާފު ޖަވާބެއް ނުދިނެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ސުވާލުކުރީ "އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުމާ މެދު ސަރުކާރުގެ ސްޓޭންޑަކީ ކޮބައިތޯ" އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުގެ ބަދަލުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ދެއްކެވީ ފަލަސްތީނު މީހުންނާ ރާއްޖެއާ އޮތް ގާތްކަމުގެ ވާހަކަ އެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ނުގެއްލޭ ގޮތަށް ކަންތައްތައް ބައްޓަން ކުރުމަކީ އަބަދުވެސް ސަރުކާރުގެ ސްޓޭންޑް ކަމަށެވެ.

"އަދި މިސަރުކާރުން ވަރަށް ބޮޑަށް ދައްކަމުންދާ ވާހަކައެއް އެއީ، ބައިނަލްއަގުވާމީ ދެ ޕްލެޓްފޯމެއްގައި ދާދިފަހުން އަޅުގަނޑުމެންގެ ވަޒީރުން އެ ދެއްވި ސްޕީޗް، ނުވަތަ އެ ދެއްކެވި ވާހަކަ އެއީ އޭގެ ވަރަށް ވަރުގަދަ ހެއްކެއް ކަންނޭނގެ،" ހީނާ ވިދާޅުވި އެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތެއް އޮތުމަށް ރާއްޖޭން އަބަދު ވެސް ވަކާލާތު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތަށް ވާހަކަ ކުރިއަށް ގެންދަވަނިކޮށް ސުވާލު ތަކުރާރު ކުރުމުން ހީނާ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ނަގަން ޖެހޭ ކޮންމެ ސްޓޭންޑެއް ސަރުކާރުން ނަގާނެ ކަމަށެވެ. އެގޮތުން ކުރަން ޖެހޭ ކަންތައްތަކާ ބެހޭ ގޮތުން ސަރުކާރުން މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޒްރޭލުން ފަސްލަތީނުގެ ބިންތައް ފޭރިގަނެ، އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން، އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކޮށް އިޒްރޭލުގެ އުފެއްދުންތައް ރާއްޖެ ގެނައުން މަނާކުރަން ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޭޕްރިލް 1، ގަ އެވެ.

އިޒްރޭލްގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމާއި އިޒްރޭލްގައި އުފައްދާ އަދި އެ ގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް އެތެރެކުރުން މަނާ ކުރުމާއި އިޒްރޭލާއި ދިވެހިރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާ ނަމަ އެފަދަ އެންމެހާ ގުޅުންތަކެއް ވަގުތުން މެދުކަނޑައިލަން އެ ގަރާރުގައި ގޮވައިލި އެވެ.

މުހިއްމު ބައެއް ހަބަރު