6 މޭ 2024 - 23:31 0
ލީވާން އަލީ ނާސިރު
އިޒްރޭލުން ގާޒާއަށް ހަމަލާދިނުން: ހަނގުރާމަ ހުއްޓާލަން އިޒްރޭލަށް ވަނީ އެއްބަސްވުމެއް ހުށަހަޅާފައި -- ފޮޓޯ: އޭއެފްޕީ
6 މޭ 2024 - 23:31 0
އިޒްރޭލު-ފަލަސްތީނު ހަނގުރާމަ ހުއްޓާލުމަށް މިސްރު އަދި ގަތަރާއެކު ހަމާސްއިން އެއްބަސްވުމަކަށް އައިސްފައިވާއިރު، އެ އެއްބަސްވުން އިޒްރޭލަށް ވެސް ހުށަހަޅައިފި އެވެ.
ރިޕޯޓްތައް ބުނާގޮތުން ފަލަސްތީނުގެ ގާޒާއިން އިޒްރޭލަށް ހަމަލާ ދެމުން އަންނަ ހަމާސްއިން މިސްރާއި ގަތަރާއެކު އެއްބަސްވެފައި ވަނީ ތިން ފޭސްއަކަށް ބަހާލައިގެން ކޮންމެ ފޭސްއަކު 42 ދުވަހަށް ހަނގުރާމަ ހުއްޓާލުމަށެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ރަސްމީކޮށް މިހާތަނަށް އިޒްރޭލުން އެއްޗެކޭ ބުނެފައި ނުވާއިރު، އެ ގައުމުގެ ވިސްނުން އަދިވެސް ހުރީ ހަނގުރާމަ ކުރިއަށް ގެންގޮސް މުޅި ގާޒާ އެއްކޮށް އިޒްރޭލުގެ ބެލުމުގެ ދަށަށް ގެންދިޔުމަށެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ގަބޫލުކުރުމަށް ތުރުކީއިން އިޒްރޭލަށް ގޮވާލާފައިވާއިރު، އެ އެއްބަސްވުމުގައި ހުރި އެއްޗެހި އެމެރިކާއިން ވެސް އަންނަނީ ބަލަމުންނެވެ.
އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 34،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކުޑަކުދިންނާއި އަންހެނުންނެވެ.
Comment