Advertisement

އެމްއޭސީއެލް އެމްޑީގެ ވެހިކަލް ވަގަށް ނެގި މައްސަލާގައި އަދިވެސް މީހަކު ހައްޔަރު ނުކުރޭ

6 މޭ 2024 - 18:22 0

ނިމާ ހަސަން

ނިމާ ހަސަން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ސަރަހައްދު: އެއާޕޯޓުގެ ސެކިއުރިޓީ ބާގަނޑުތަކެއް ހުރުމުގެ ކަންބޮޑުވުންތައް ބޮޑު -- ފޮޓޯ: އަދަދު


އެމްއޭސީއެލް އެމްޑީގެ ވެހިކަލް ވަގަށް ނެގި މައްސަލާގައި އަދިވެސް މީހަކު ހައްޔަރު ނުކުރޭ

6 މޭ 2024 - 18:22 0

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ ވެހިކަލް ވަގަށް ގެންދިޔަ މައްސަލައަށް ހަފުތާއެއް ވީއިރުވެސް، އެ މައްސަލާގައި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

އެމްއޭސީއެލް އިން އެމްޑީގެ ހަތް ސީޓު ހުންނަ ލަގްޒަރީ ވެހިކަލް ގެއްލިފައި ވަނިކޮށް ހޯދީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ވެހިކަލް ހޯދީ ފުލުހުންގެ އެހީތެރިކަމާއެކު އެވެ.

އެއާޕޯޓުން ގެއްލުނު ވެހިކަލްގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތަށް ސާފުކުރަން ސުވާލުކުރުމުން ފުލުހުން 'އަދަދު' އަށް މިއަދު ބުނީ, އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މިކަމާ ގުޅުން ހުރި މައުލޫމާތު އެނގޭ މީހަކު "އަދަދު" ނޫހަށް ކިޔައިދިން ގޮތުގައި އެ ވެހިކަލް ގެންގޮސްފައި ވަނީ ނަންބަރު ބޯޑު ބަދަލުކޮށްގެންނެވެ. ވެހިކަލް ޕާކު ކޮށްފައި އޮންނަ ތަނަށް ވަދެވެނީ ހާއްސަ ހުއްދައެއް އޮންނަ މީހުންނަށް ކަމަށް ވެސް ވަނީ އެނގިފަ އެވެ.

މީގެ ކުރިން ވެސް އެއާޕޯޓުން ތަކެތި ގެއްލޭ މައްސަލަ އާއި އެއާޕޯޓުގެ ސެކިއުރިޓީގައި ބޮޑެތި ބާގަނޑުތަކެއް ހުރި މައްސަލަ ވަނީ ފެންމަތިވެފަ އެވެ. މިދިޔަ އަހަރުގެ ތެރޭގައި ފުލުހުން ވަނީ އެއާޕޯޓުގެ މުހިންމު ތަންތަނުގައި ސީސީޓީވީ ކެމެރާ ނެތް ކަމަށް ވެސް ބުނެފަ އެވެ.