Advertisement

ޗެމްޕިއަން ލެވަކޫސަން އަށް ހުއްޓުމެއް ނެތް

6 މޭ 2024 - 08:29 0


ޗެމްޕިއަން ލެވަކޫސަން އަށް ހުއްޓުމެއް ނެތް

6 މޭ 2024 - 08:29 0

ބާލިން (މެއި 6) - ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ބަޔާ ލެވަކޫސަން ރޭ ކުޅުނު މެޗުން ވަނީ އައިންޓްރަކްޓް ފްރޭންކްފާޓް އަތުން 5-1 މޮޅުވެއްޖެ އެވެ.

މި މޮޅާ އެކު، މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ބަލިނުވެ، ލެވަކޫސަނުން ކުރިއަށްގެންދާ ރެކޯޑްގައި، 48 މެޗު ވަނީ ފުރިހަމަކޮށްފަ އެވެ.

ޒަބީ އަލޮންސޯގެ ކޯޗުކަމުގައި ކުޅޭ ލެވަކޫސަން، ލީގު ތާވަލުގެ ކުރީގައި އޮތީ، 32 މެޗުން 84 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބަޔާން މިއުނިކް އަށް 32 މެޗުން ލިބިފައިވަނީ 69 ޕޮއިންޓެވެ.

ރޭގެ މެޗުގައި ގްރޭނިޓް ޝަކާ، ލެވަކޫސަނަށް ލީޑުނަގައިދީފައިވަނިކޮށް، ހޫގޯ އެކެޓީކޭ ވަނީ ލަނޑެއް ޖަހައި، ފްރޭންކްފާޓަށް އެއްވަރުކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕެޓްރިކް ޝިކް ވަނީ ލެވަކޫސަނަށް އަލުން ލީޑުނަގައިދީފަ އެވެ.

ދެ ވަނަ ހާފުގައި ލެވަކޫސަނުން ތިން ގޯލު ޖަހައި މެޗު ކާމިޔާބުކުރި އެވެ. މި ލަނޑުތައް ޖެހީ، އެޒެކީލް ޕަލާސިއޯސް އާއި ޖެރެމީ ފްރިމްޕޮންގް އަދި ވިކްޓާ ބޮނިފޭސް އެވެ.

މި މެޗުން ޖެހި ލަނޑުތަކާ އެކު، ލެވަކޫސަނުން ވަނީ ޖަރުމަނު ލީގުގެ މި ސީޒަނުގައި ބާކީ ދެ މެޗުގެ ކުރިން 82 ގޯލު ޖަހައިފަ އެވެ. މިއީ އެ ކްލަބްގެ ތާރީހުގައި ލީގު ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ފަަހަރެވެ. މީގެ ކުރިން އެންމެ ގިނަ ލަނޑު ޖެހީ، 2021/2022 ވަނަ ސީޒަނުގައި، ލީގުގައި 80 ލަނޑެވެ.