Advertisement

ޔުނައިޓެޑްގެ ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަގީންކަން ޓެން ހާގަށް އެބައޮތް

5 މޭ 2024 - 12:35 0


ޔުނައިޓެޑްގެ ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަގީންކަން ޓެން ހާގަށް އެބައޮތް

5 މޭ 2024 - 12:35 0

މެންޗެސްޓާ (މެއި 5) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުގައި އަންނަ އަހަރުވެސް ހުންނާނީ އޭނާ ކަމަށާއި، ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ޓެން ހާގް ހަވާލުވީ 2022 ގަ އެވެ. އަދި ޔުނައިޓެޑުން ޓެން ހާގާ ހަވާލުކުރީ މުސްތަގުބަލަށް ޓީމެއް ބިނާކުރުމުގެ މަސައްކަތް ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ.

ޓެން ހާގް ބުނީ އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެހެންވެ، އޭނާ އަށް ޔުނައިޓެޑްގެ ކޯޗުކަން އަންނަ ސީޒަނުގައި ނުގެއްލޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަހަރެން ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވީ މުސްތަގުބޮލަށް ޓީމެއް ބިނާކުރުމުގެ މަސައްކަތާއެކު, އެކަން އަހަރެން އެބަކުރަން. އަހަންނަށް ޔަގީން ޔުނައިޓެޑުން އަހަރެން އަށް އެ ވަގުތު ދޭނެ ކަން" ޓެން ހާގް ބުންޏެވެ.

މީގެ ކުރިން ޓެން ހާގް ވަނީ ޔުނައިޓެޑުން މި ސީޒަނުގައި ނެރުނު ދަށް ނަތީޖާތަކާ ގުޅިގެން އޭނާ ކޯޗުކަމުން ވަކިކުރިޔަސް ފަރުވާލެއް ނެތް ކަމަށް ބުނެފަ އެވެ.

ޔުނައިޓެޑުގައި ޓެން ހާގު މިވީ ދުވަސްތަކުގައި އެ ޓީމުގެ ބައެއް ކުޅުންތެރިންނާ އެކިވަރުގެ މައްސަލަ ޖެހި އެވާހަކަތައް ފެންމަތިވި އެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެ ފަހުން މާކަސް ރަޝްފޯޑާ މައްސަލަ ޖެހުނު ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.