Advertisement

ޓޫރިސްޓުން އިތުރުވަމުން އައި ނިސްބަތް މިދިޔަ މަހު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ

5 މޭ 2024 - 10:53 0

އަހުމަދު ސައީދު

އަހުމަދު ސައީދު

ަަައއ. ތޮއްޑުގަ ޗުންޓީ ހޭދަކުރަން އައި ޓޫރިސްޓުން ތަކެއް ބައިސްކަލު ދުއްވަނީ: މިދިޔަ މަހު ވެސް އެންމެ ގިނައިިން ޓޫރިސްޓުން އައީ ޗައިނާ އިން -- އަދަދު ފައިލް ފޮޓޯ/ އަހުމަދު ސައީދު


ޓޫރިސްޓުން އިތުރުވަމުން އައި ނިސްބަތް މިދިޔަ މަހު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ

5 މޭ 2024 - 10:53 0

ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އައި ނިސްބަތް، ފުރަތަމަ ތިން މަހު ވަރަށް މަތީގަ ހުރުމަށްފަހު މިދިޔަ މަހު 2.6 ޕަސެންޓަށް ދަށްވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ޓޫރިސްޓުން އައި ނިސްބަތް، މި އަހަރުގެ ޖެނުއަރީ މަހު 11.5 ޕަސެންޓް، ފެބްރުއަރީ މަހު 22.2 ޕަސެންޓް އަދި މާޗް މަހު 11.9 ޕަސެންޓް އިތުރުވެފައިވެ އެވެ. މިހާތަނަށް، އެއް މަސް ދުވަހުގެ ތެރޭގައި ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. އެއީ 217،392 ޓޫރިސްޓުންނެވެ.

ޓޫރިސްޓުން އިތުރުވަމުން އައި ނިސްބަތް މިދިޔަ މަހު ވަރަށް ބޮޑަށް ދަށަށްދިޔަ އިރު، މިދިޔަ މަހު ރާއްޖެ އައިސްފައި ވަނީ 168،647 ޓޫރިސްޓުންނެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް 772،651 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު، އެއީ ކުރީ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް އައި ޓޫރިސްޓުންގެ އަދަދަށްވުރެ 12.3 ޕަސެންޓް އިތުރުވުމެކެވެ.

މި އަހަރުގެ މިހާތަނަށް ތަފާތު ގައުމު ތަކުން އައި ޓޫރިސްޓުންގެ އަދަދުތަކަށް ބަލާއިރު، ޗައިނާގެ ޓޫރިސްޓުންގެ އަދަދު 169 ޕަސެންޓް އިތުރުވެ، އިންޑިޔާ އިން އައި ޓޫރިސްޓުންގެ އަދަދު ވަނީ 42 ޕަސެންޓް ދަށަށް ގޮސްފަ އެވެ. މިދިޔަ މަހުގެ ނިޔަލަށް ޗައިނާ އިން 83،835 ޓޫރިސްޓުން އައިސްފައިވާއިރު އިންޑިޔާ އިން އައިސްފައިވަނީ 42،638 ޓޫރިސްޓުންނެވެ. މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އައީ އިންޑިޔާ އިންނެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައި 5 ގައުމު

  1. ޗައިނާ 83،835 ޓޫރިސްޓުން 10.9 ޕަސެންޓް ހިއްސާ
  2. ރަޝިޔާ 77،632 ޓޫރިސްޓުން 10 ޕަސެންޓް ހިއްސާ
  3. އިނގިރޭސިވިލާތް 75،253 ޓޫރިސްޓުން 9.7 ޕަސެންޓް ހިއްސާ
  4. އިޓަލީ 70،514 ޓޫރިސްޓުން 9.1 ޕަސެންޓް ހިއްސާ
  5. ޖަރުމަނު 60،033 ޓޫރިސްޓުން 7.8 ޕަސެންޓް ހިއްސާ

ޓޫރިޒަމް މިނިސްރީން ބުނާ ގޮތުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 1،182 ތަނެއްގައި 62،232 ޓޫރިސްޓު އެނދު ހިންގަމުން އަންނައިރު، ރާއްޖެ އަށް 40 އެއާލަނަކުން ޓޫރިސްޓުން އުފުލަ އެވެ.