Advertisement

ބްރެޒިލްއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ 57 މީހުން މަރުވެއްޖެ

ބްރެޒިލްއަށް ބޯކޮށް ވަރޭވެހި ފެންބޮޑުވުން: މިހާތަނަށް 57 މީހުން މަރުވި ކަމަށް ވަނީ ބުނެފައި -- ފޮޓޯ: ރޮއިޓާސް


ބްރެޒިލްއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ 57 މީހުން މަރުވެއްޖެ

ބްރެޒިލްއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން 57 މީހުން މަރުވެއްޖެ އެވެ.

ބްރެޒިލްގެ ސިވިލް ޑިފެންސް އެޖެންސީއިން ބުނީ ފެންބޮޑުވުމުގެ ހާދިސާގައި މިހާތަނަށް 67 މީހުން ގެއްލިގެން ހޯދަމުން އަންނައިރު، 70،000 އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ބްރެޒިލްގައި މިލިއަނަކަށްވުރެ ގިނަ މީހުންނަށް ބޯފެން ލިބުމުގައި ދަތިތައް ދިމާވަމުން އަންނަ ކަމަށާއި، މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމަށް ވެސް ދަތިތައް ދިމާވަމުން އަންނަ ކަމަށް ސިވިލް ޑިފެންސް އެޖެންސީއިން ބުނި އެވެ.

އޭގެއިތުރުން ބްރެޒިލްގެ އެކި ހިސާބުތަކުގެ އެއާޕޯޓުތަކުގެ އޮޕަރޭޝަންތައް ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

ބްރެޒިލްގެ އެކި ހިސާބުތަކުގައި ފެންބޮޑުވެގެން ބޮޑެތި ގެއްލުންތައް ލިބެމުން އަންނައިރު، މިއީ އެ ގައުމުގެ ތާރީހުގައި 80 އަހަރު ތެރޭގައި އެންމެ ބޮޑަށް ފެންބޮޑުވި ފަހަރެވެ.

ބްރެޒިލްއަށް މިދިޔަ އަހަރު ވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވި އެވެ. މިގޮތުން ޖުމްލަ 75 މީހުން ވަނީ ފެންބޮޑުވެގެން މަރުވެފަ އެވެ.