Advertisement

ސަމްހާ، މަސް ދުވަސް ތެރޭ ދެ ވަނަ ފަހަރަށް ރެކޯޑެއް މުގުރާލައިފި

5 މޭ 2024 - 08:38 1

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އިވެންޓް ނިންމުމަށް ފަހު ޝަމްހާ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ސަމްހާ، މަސް ދުވަސް ތެރޭ ދެ ވަނަ ފަހަރަށް ރެކޯޑެއް މުގުރާލައިފި

5 މޭ 2024 - 08:38 1

ތަޖުރިބާކާރު ދުވުންތެރިޔާ، ސަމްހާ އަހުމަދު، އަންހެނުންގެ 5000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް، މަސް ދުވަސް ތެރޭ ދެ ވަނަ ފަހަރަށް މުގުރާލައިފި އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު، ޖަރުމަނުގެ ގްރޭފާތުގެ ރެއިލްވޭ އޯޕަންގައި ވާދަކޮށް، ސަމްހާ، 5000 މީޓަރުގެ ރޭސް ނިންމާފައިވަނީ 19 މިނިޓް، 42.45 ސިކުންތުންނެވެ.

އޭގެ ދެ ހަފްތާއެއްހާ ދުވަސް ފަހުން، ޖަރުމަންގެ ވަސެންބަގްގައި އިއްޔެ ކުރިޔަށްދިޔަ ލޯންގް ޑިސްޓެންސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ސަމްހާ ވަނީ އެ ރެކޯޑް އަނެއްކާ ވެސް އާ ކޮށްފަ އެވެ.

ޝަމްހާ، 42، މި ފަހަރު ރެކޯޑް ހެދި ޓައިމިން އަކީ، 19 މިނިޓް، 41.86 ސިކުންތެވެ.

މި ފަހަރު ރެކޯޑް މުގުރާލުން ހާއްސަވާ އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ ޝަމްހާ އަކީ، ލޯންގް ޑިސްޓެންސް ޗެމްޕިއަންޝިޕްގެ 40 އަަހަަރުން މަތީގެ ބައިގެ ތިން ވަނަ ކަމަށް ވުމެވެ.

ކުރިން ސްޕްރިންޓު ރޭސްތަކުން ފެނިގެންދިޔަ ސަމްހާ މިހާރު ހާއްސަވެފައިވަނީ، ދިގު ރާސްތާ ދުވުމަށެވެ.

އެ ގޮތުން، ޖަރުމަނުގައި ދިރިއުޅެމުން އަންނަ ސަމްހާ އަންނަނީ ކޯޗު ނަސްރުﷲ އަހުމަދު (ނަސްރު)ގެ އިރުޝާދާ އެއްގޮތަށް ޓްރެއިނިންތައް ގެންދަމުންނެވެ. ސަމްހާ ވަނީ، މެރަތަން އާއި ހާފް މެރަތަންގެ ގައުމީ ރެކޯޑް ވެސް މިދިޔަ އަހަރުތަކުގައި މުގުރާލައިފަ އެވެ.