Advertisement

މިއަދު ބޭއްވި ކައުންސިލް އިންތިހާބުތަކުން ޕީއެންސީއަށް ހަތަރު ގޮނޑި، އެމްޑީޕީ އަދި ޑިމޮކްރެޓްސްއަށް އެއް ގޮނޑި

4 މޭ 2024 - 20:18 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މިއަދު ބޭއްވި ބައި-އިލެކްޝަނުގައި ލަންދޫގައި މީހަކު ވޯޓުލަނީ:


މިއަދު ބޭއްވި ކައުންސިލް އިންތިހާބުތަކުން ޕީއެންސީއަށް ހަތަރު ގޮނޑި، އެމްޑީޕީ އަދި ޑިމޮކްރެޓްސްއަށް އެއް ގޮނޑި

4 މޭ 2024 - 20:18 0

އިލެކްޝަންސް ކޮމިޝަނުުން މިއަދު ބޭއްވި ހަ ކައުންސިލެއްގެ ބައި-އިލެކްޝަނުގައި ވެރިކަން ހިންގާ ޕީއެންސީއަށް ހަތަރު ގޮނޑި އަދި އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސްއަށް އެއް ގޮނޑި ލިބިއްޖެ އެވެ.

މިއަދު ބޭއްވީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިހާބު ކުރަން ބޭއްވި އިންތިހާބާއި ހއ. އުތީމާއި ނ. ލަންދޫ އާއި ނ. ވެލިދޫ ކައުންސިލްގެ މެންބަރު ހޮވަން ބޭއްވި އިންތިހާބާއި ހއ. ތަކަންދޫ އަދި ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވަން ބޭއްވި އިންތިހާބެވެ.

އޭގެ ތެރެއިން މަޑުއްވަރީ ކައުންސިލްގެ ރައީސްގެ މަގާމަށް އިންތިހާބުވީ ދަ ޑިމޮކްރެޓްސްގެ މުހައްމަދު އާޒިމް އަލީ އެވެ. އުތީމު ކައުންސިލުން މެންބަރަކަށް ހޮވުނީ ޕީއެންސީގެ އިބްރާހިމް ސުނާނެވެ. ލަންދޫ ކައުންސިލް މެންބަރަކަށް ހޮވުނީ އެމްޑީޕީގެ އަބްދުﷲ އާރިފެވެ. އަދި ވެލިދޫ ކައުންސިލަށް ހޮވުނީ ޕީއެންސީގެ އަބްދުﷲ އަބްދުއްރައްޒާގެވެ.

ތަކަންދޫ ކައުންސިލުގެ އަންހެން މެންބަރަކަށް ހޮވުނީ ޕީއެންސީގެ ސަމީނާ މުހައްމަދެވެ. އަދި އިންނަމާދޫ ކައުންސިލުގެ އަންހެން މެންބަރަކަށް ހޮވުނީ ހަމަ އެ ޕާޓީގެ އައިޝަތު ސަމާހާ އެވެ.

އޭޕްރީލް 21، ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ގިނަ ގޮނޑިތައް ކާމިޔާބު ކުރީ ވެރިކަން ހިންގާ ޕާޓީންނެވެ. ޕީއެންސީ އަދި ޕީއެންސީގެ ކޯލިޝަން ޕާޓީތަކުން ގާތްގަނޑަކަށް މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 76 ގޮނޑި ކާމިޔާބު ކުރި އެވެ.