Advertisement

ބޮއިކޮޓު ކެމްޕޭނާ ގުޅިގެން މެލޭޝިއާގައި ހުރި ކޭއެފްސީގެ ބައެއް އައުޓްލެޓްތައް ބަންދުކޮށްފި

ކޭއެފްސީގެ މެލޭޝިއާ އައުޓްލެޓެއް -- ފޮޓޯ؛ ރޮއިޓާސް


ބޮއިކޮޓު ކެމްޕޭނާ ގުޅިގެން މެލޭޝިއާގައި ހުރި ކޭއެފްސީގެ ބައެއް އައުޓްލެޓްތައް ބަންދުކޮށްފި

އިޒްރޭލުން ގާޒާއަށް ހަމަލާދީ އެތައް ހާސް މުސްލިމުންނެއް މަރަމުންދާތީ ކުރިއަށްގެންދާ ބޮއިކޮޓް ހަރަކާތާއެކު، މެލޭޝިއާގައި ހިންގަމުންދާ ކޭއެފްސީގެ ބައެއް އައުޓްލެޓްތައް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

މެލޭޝިއާގައި ކޭއެފްސީ އަދި ޕިއްޒާ ހަޓް ހިންގަމުން އަންނަ ކިއުއެސްއާރް ބްރޭންޑް ހޯލްޑިންގްސްއިން ބުނީ، ބައެއް އައުޓްލެޓްތައް ބަންދުކުރީ މަސްލަހަތަށް ވިސްނައި، މުވައްޒަފުންގެ ވެސް ރައްކާތެރިކަމަށް ކަމަށެވެ.

"މި ކުންފުނިން މެލޭޝިއާގައި ހިދުމަތް ދެމުން އަންނަތާ 50 އަށްވުރެ ގިނަ އަހަރު ވަނީ ވެފައި. އަދި ކުންފުނީގައި 18،000 އަށްވުރެ ގިނަ މެލޭޝިއާ މުވައްޒަފުން މަސައްކަތް ކުރާއިރު، އޭގެ ތެރޭގައި 85 ޕަސަންޓަކީ މުސްލިމުން،" ކިއުއެސްއާރްއިން ބުންޏެވެ.

މެލޭޝިއާގެ އާބާދީގެ 60 ޕަސަންޓަކީ މުސްލިމުން ކަމަށްވާއިރު، އެ ގައުމުގައި އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓްކުރަން ގޮވާލައި އިހުތިޖާޖުތައް ވެސް އަންނަނީ ކުރަމުންނެވެ.

އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން އިޒްރޭލަށް ދަތި ކުރުމުގެ ގޮތުން އެ ގައުމުގެ ކުންފުނިތަކާއި، އެ ގައުމުގެ އުފެއްދުންތައް ގައުމުތަކުން އަންނަނީ މަނާ ކުރަމުންނެވެ.

މިގޮތުން ރާއްޖޭގައި ވެސް އިޒްރޭލުގެ ފަތުރުވެރިން އައުން މަނާކުރަން ޕާގޮވާލަމުން އަންނައިރު، ރާއްޖޭގައި ހިންގާ ކޭއެފްސީ ދޮށުގައި ވެސް މުޒާހަރާ ކުރަމުންދެ އެވެ.