Advertisement

މޮއިސް ވަކިކޮށް ލޮޕެޓެގީއާ ވެސްޓް ހޭމްގެ ކޯޗުކަން ހަވާލުކުރަނީ

4 މޭ 2024 - 11:25 0


މޮއިސް ވަކިކޮށް ލޮޕެޓެގީއާ ވެސްޓް ހޭމްގެ ކޯޗުކަން ހަވާލުކުރަނީ

4 މޭ 2024 - 11:25 0

ލަންޑަން (މެއި 4) - ވެސްޓް ހޭމް ޔުނައިޓެޑްގެ ކޯޗުކަމުން ޑޭވިޑް މޮއިސް ވަކިކޮށް އެ މަގާމަށް ހުލެން ލޮޕެޓެގީ ހަމަޖައްސަން މަޝްވަރާތައް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރެއާލް މެޑްރިޑާއި ސެވިއްޔާގެ ކުރީގެ ކޯޗު، ލޮޕެޓެގީ، 57، މި ސީޒަން ފެށިތަނާ އިނގިރޭސި ކްލަބް، ވުލްވްސް ދޫކޮށްލި ފަހުން ހުރީ ޓީމަކާ ހަވާލުނުވެ އެވެ. އޭނާ އަށް ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ލިބުނު ނަމަވެސް ދެން ވެސް އިނގިރޭސި ކްލަބަކާ ހަވާލުވާން ބޭނުންވާތީ މަޑުކުރީ އެވެ.

ވެސްޓް ހޭމްގެ ކޯޗުގެ މަގާމުގައި މޮއިސް އަށް މުސްތަގުބަލެއް އެބައޮތްތޯ ކުރާ ސުވާލުތަކަށް ޖަވާބުދޭން މިދިޔަ ހަފްތާތަކުގައި އޭނާ ވަނީ ދެކޮޅު ހަދައިފަ އެވެ. މޮއިސް ބުނަމުން އައީ، ސީޒަނެއްގެ މެދުތެރެއިން އޭނާ އެ ފަދަ ވާހަކަތަކެއް ދައްކަން ބޭނުންނުވާ ކަމަށެވެ.

މިދިޔަ ސީޒަނުގައި ވެސްޓް ހޭމް އަށް ޔުއެފާ ކޮންފަރެެންސް ލީގު ކާމިޔާބު ކޮށްދިން މޮއިސް، އަށް މި ފަހުން އެ ޓީމު ގޮވައިގެން އެންމެ ރަނގަޅު ނަތީޖާތަކެއް ނުނެރެވެ އެވެ. އަދި އޭނާ ޓީމު ލައްވައި ކުޅުވާ ސްޓައިލާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ސަޕޯޓަރުން ވެސް އަންނަނީ ޕްރެޝަރު ބޮޑުކުރަމުންނެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ވެސްޓް ހޭމް އިން ވަނީ، ލޮޕެޓެގީއާ ޓީމު ހަވާލުކުރަން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި ދެން، މަޝްވަރާތައް އިތުރަށް ކުރިއަށްގެންދާނީ، މި ފަހަރުގެ ޕްރިމިއާ ލީގު ސީޒަން ނިމުމުން ކަމަށް ވެސްޓް ހޭމްގެ އޮފިޝަލަކާ ހަވާލާދީ އިނގިރޭސި މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.

ވެސްޓް ހޭމް އޮތީ 35 މެޗުން ލިބުނު 49 ޕޮއިންޓާ އެކު، ލީގުގެ ނުވަ ވަނައިގަ އެވެ.