Advertisement

ނޫސްވެރިންނަށް ރައީސް ވެވަޑައިގެންނެވި ވައުދުތައް ތަކުރާރުކުރައްވައިފި

3 މޭ 2024 - 13:18 0

ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރިން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ. އެމަނިކުރާނު ނޫސްވެރިންނާ ބައްދަލުކުރައްވަނީ މަދުން. ފޮޓޯ: ރައީސް އޮފީސް


ނޫސްވެރިންނަށް ރައީސް ވެވަޑައިގެންނެވި ވައުދުތައް ތަކުރާރުކުރައްވައިފި

3 މޭ 2024 - 13:18 0

އިންތިހާބީ ރައީސްގެ ގޮތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު، ނޫސްވެރިންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި ވައުދުތައް، މިއަދު ފާހަގަކުރާ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތާ ގުޅުވައި ތަކުރާރުކުރައްވައިފި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިއާއާ އެކު އާއްމުކުރެއްވި ހިތޯބުގައި ރައީސް ވިދާޅުވީ ނޫސްވެރިންގެ ގުންޒަރެެއް ބާއްވައި ނޫސްވެރިންގެ އަޑު އެހުމަކީ އިންތިހާބީ ރައީސްގެ ގޮތުގައި އެންމެ އިސްކަން ދެއްވި ކަންތައް ކަމަށެވެ. އެ ބައްދަލުވުމާއި އޭގެ ފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ނޫސްވެރިން ދިން ހިޔާލުތައް ނޯޓްކުރައްވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ނޫސްވެރީން ދެއްވި ޚިޔާލުތަކާއި، ފާހަގަކުރެއްވި ކަންކަން ވަނީ ނޯޓުކޮށްފައެވެ. ނޫސްވެރީންގެ ހުށަހެޅުންތަކާއި އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނަން،" މިއަދުގެ ހިތާބުގައި ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ އާމްދަނީއެއް ހޯދަން އޮތް ދަތިކަމެވެ. އެކަން ހައްލުކުރުމަށް ޓަކައި ދައުލަތުގެ ބަކެޓުން މީޑިއާތަކަށް އިނާޔަތެއް ދޭން އިސްނަންގަވާފައި ވާނެ ކަން ފާހަގަކުރައްވައި އެމަނިކުފާނު ވައުދުވެވަޑައިގެންނެވީ އެކަން ހަގީގަތަކަށް ހެއްދެވުމަށެވެ.

"ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ އަގުލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހަކާއެކު އިރާދަކުރެއްވިއްޔާ މި އިސްނެގުމުގައި ހަގީގީ ކުލަ ޖައްސާނަން،" ރައީސް ވިދާޅުވި އެވެ.

ނޫސްވެރީން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރުމާއި، އެކި ދާއިރާތަކުން ތައުލީމާއި ތަމްރީނުގެ ފުރުސަތު މީޑިއާތަކަށް އިތުރުކޮށްދެއްވަން ވެވަޑައިގެންފައިވާ ވައުދު ވެސް އެމަނިކުފާނު މިއަދު ތަކުރާރު ކުރެއްވި އެވެ.

އާމްދަނީ ލިބުމަށް އޮތް ދަތިތަކުގެ ސަބަބުން، ރޭޑިއޯ ހަބަރު ފެތުރުމާއި، ޗާޕުކޮށްގެން ނޫސް މަޖައްލާ ނެރުން ރާއްޖޭގައި ހުއްޓެމުން ދާތީ އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ސަރުކާރުގެ އަމާޒަކީ ރައީސް ވިދާޅުވި ގޮތުގައި ޓީވީ ރޭޑިއޯ، ކަރުދާސް އަދި އިންޓަރނެޓާއި ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއަރަމުން އަންނަ ހުރިހާ ބާވަތެއްގެ ނޫސްވެރިކަމަށްވެސް ފަހި މާޙައުލެއް ރާއްޖޭގައި ދެމެހެއްޓުމެވެ.