Advertisement

ޕޫލް ބިލިއާޑްގެ ހަބަކަށް ރާއްޖެ ހެދުމުގެ އުންމީދެއް

2 މޭ 2024 - 15:58 1

އަތޫފް އާތިފް

އަތޫފް އާތިފް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، ރާފިއު ވާހަކަދައްކަވަނީ،--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ


ޕޫލް ބިލިއާޑްގެ ހަބަކަށް ރާއްޖެ ހެދުމުގެ އުންމީދެއް

2 މޭ 2024 - 15:58 1

އުންމީދަކީ ޕޫލް ބިލިއާޑް ހަބެއްގެ ގޮތުގައި ރާއްޖެ ތަރައްގީ ވުން ކަމަށާއި, މި ވަގުތު މަސައްކަތް ކުރަމުން އަންނަނީ އެކަން ހާސިލްކުރަން ކުރަން ޖެހޭ މަސައްކަތަށް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު، އަބްދުالله ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ޕޫލް ބިލިއާޑް ހޯލުގައި "މޯލްޑިވްސް އޯޕަން 10 ބޯލް ޗެމްޕިއަންޝިޕް" މުބާރާތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާފިއު ވިދާޅުވީ, ރާއްޖޭގައި ބައިނަލްއަގްވާމީ ގިނަ މުބާރާތްތައް ބޭއްވުން އެއީ ސަރުކާރުން އިސްކަމެއްދީގެން ކުރަމުން އަންނަ ކަމެއް ކަމުގަ އެވެ.

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ޕޫލް ބިލިއާޑްގެ ބައިނަލްއަގްވާމީ މުބާރާތާ އެކު, ރާއްޖޭގައި ޕޫލް ބިލިއާޑް މުބާރާތްތައް ބޭއްވޭނެކަން މުޅި ދުނިޔެއަށް އެނގިގެން ގޮސްފި ކަމަށެވެ.

އަދި އެ މުބާރާތުން ލިބުނު ޕޮޒިޓިވް ކަންކަމާ އެކު މިހާރު މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭއަކީ ޕޫލް ބިލިއާޑް ހަބެއްގެ ގޮތުގައި ހެދުމަށް ކަމަށް ވަޒީރު ވިދާޅުވި އެވެ.

"ޕޫލް ބިލިއާޑްގެ ތަފާތަކަށް އަޅުގަނޑުމެންނަށް މި ފެންނަނީ އަޅުގަނޑުމެންލާ ކަލެކްޓިވް އެފޯޓްގެ ރިޒަލްޓްގެ ނަތީޖާ އަކީ މިދިޔަ އަހަރު މުބާރާތައްވުރެ ގިނަ ކުޅުންތެރިން މި އަހަރުގެ މުބާރާތުގައި ވާދަކުރާތަން. އެހެންވެ,

މިހާރަށް ވުރެ ބޮޑަށް ބިލިއާޑްގެ ކަންކަން ކުރިއެރުމުވަމަށް ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން, އެ ގޮތުން ބިލިއާޑް ފެސިލިޓީ އިތުރަށް ތަރައްގީ ކުރުމަށް ވެސް މަސައްކަތް ކުރަން އެބަޖެހޭ" ރާފިއު ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ޓާގެޓަކީ ޕޫލް ބިލިއާޑުގެ ހަބެއް, ދުނިޔޭގެ ފެންވަރުގެ ހަބެއްގެ ގޮތުގައި ދުނިޔެއަށް ދެއްކުން -- ރާފިއު

ރާފިއު ވިދާޅުވީ, އެކަން ރާއްޖެއިން ސާބިތުކޮށްދީފައިވާ ކަމަށާއި, ސަރުކާރުގެ މައިގަނޑު އަމާޒަކީ ވިޒިޓާ އިކޮނޮމީ ކޮންސެޕްޓްގެ ދަށުން ސްޕޯޓްސް ޓުއަރިޒަމް ރާއްޖޭގައި ފުޅާކުރުން ކަމަށެވެ.

ޕޫލް ބިލިއާޑް މުބާރާތަކީ، މި އަހަރު ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ދެ ވަނަ މުބާރާތެވެ. މީގެ އިތުރުން، މި އަހަރު ސާފިން، ބޮޑީބިލްޑިން އަދި ބޮޑީބޯޑިން އިންޓަނޭޝަނަލް މުބާރާތްތަކެއް ވެސް ވަނީ ތާވަލުކޮށްފަ އެވެ.