Advertisement

ޕޫލް ބިލިއާޑްގެ ބައިނަލްއަގްވާމީ މުބާރާތް އަންނަ މަހު 10 ގައި ފަށަނީ

2 މޭ 2024 - 15:40 0

އަތޫފް އާތިފް

އަތޫފް އާތިފް

މޯލްޑިވްސް ޕްރޯ - 10 ބޯލް ޗެމްޕިއަންޝިޕް އިފްތިތާހުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރާއިފް ޔޫސުފް / ކުޅިވަރާ ބެހޭ ވުޒާރާ


ޕޫލް ބިލިއާޑްގެ ބައިނަލްއަގްވާމީ މުބާރާތް އަންނަ މަހު 10 ގައި ފަށަނީ

2 މޭ 2024 - 15:40 0

މި އަހަރު ރާއްޖޭގައި ބާއްވާ ދެ ވަނަ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތް, މޯލްޑިވްސް އޯޕަން 10 ބޯލް ޗެމްޕިއަންޝިޕް އަންނަ މަހު 10 ވަނަ ދުވަހު ފަށަން ނިންމައި، މުބާރާތް އިފްތިތާހުކޮށްފި އެވެ.

މި މުބާރާތް އިފްތިތާހުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއު (ރާއްޕެ) އެވެ. މި މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 10 - 14 މާލޭ ޕޫލް ބޯލް ހޯލުގަ އެވެ.

މިދިޔަ އަހަރުވެސް މި މުބާރާތް ރާއްޖޭގައި ބޭއްވިއިރު, އެ ފަހަރުގެ މުބާރާތުގައި 40 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވި އެވެ. މިއަހަރުގެ މުބާރާތުގައި 90 އެއްހާ ކުޅުންތެރިން ބައިވެރިވާނެ ކަމަށް ބެލެވޭއިރު, މި ފަހަރުގެ މުބާރާތުގައި ދުނިޔޭގެ 22 ގައުމަކުން ބައިވެރިވާނެ އެވެ. އެއީ، ރާއްޖޭގެ އިތުރުން, ޖަރުމަން, އެމެރިކާ, އިންގްލަންޑް, ޖަޕާން, ބޮސްނިއާ, ވިއެޓްނާމް, އޮސްޓްރިއާ, ޗައިނީސް ތައިޕޭ, ސްޕެއިން, އިންޑިއާ, ތައިލެންޑް, އީރާން, ހޮންގް ކޮންގް, ސިންގަޕޯ, ކުވައިތު, ސައުދީ އަރަބިއްޔާ, ފިންލެންޑް, ނިއު ޒިލެންޑް, ޕޮލަންޑް, ފިލިޕީންސް, ގްރީސް, އެސްޓޯނިއާ އަދި ކެނަޑާ އެވެ.

ކުޅިވަރާ ބެހޭ ވަޒީރު ރާފިއު, ވިދާޅުވީ, މިދިޔަ އަހަރުުގެ ކާމިޔާބީ އަށް ބަލާ މިއަހަރު, މި މުބާރާތް މި އަށް ވުރެ ފެންވަރު ރަނގަޅުކޮށް ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިދިޔަ އަހަރު ބޭއްވި މުބާރާތުގެ އިންތިޒާމުތަކަށް މުބާރާތުގައި ބައިވެރިވި, ކުޅުންތެރިންގެ ފަރާތުން ޕޮޒިޓިވް ކޮމެންޓްސް ލިބިފައިވާ ކަމަށް ރާފިއު ވިދާޅުވި އެވެ.

ރާފިއު, ވިދާޅުވީ, މިއަހަރުގެ މުބާރާތުގައި ކުޅުންތެރިން އިތުރުވުމުގެ އަސްލަކީ މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ކަންކަން ރަނގަޅަށް ދިޔުން ކަމަށެވެ.

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޗައިނީސް ތައިޕޭގެ ކޯ ޕީ ޗުން އެވެ. އޭނާ ފައިނަލަށް ދަތުރުކުރީ ދުނިޔޭގެ ރޭންކިންގެ ގަދަ 10 ގައި ހިމެނޭ ކުޅުންތެރިން ބަލިކުރުމަށްފަހުގަ އެވެ.

މިދިޔަ އަހަރު މުބާރާތެކޭ އެއްގޮތަށް މިއަހަރު މުބާރާތުގައި ވެސް ދުނިޔޭގެ ރޭންކިންގެ ކުރީގައި އުޅޭ ކުޅުންތެރިން ވާދަކުރާނެ ކަމަށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން ބުނެ އެވެ.